ކާށި ކެއީ ވަގަށް ނޫން ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.
ހުޅުމާލޭގައި ކްލިނިކެއް އެޅުމަށް މެމްބަރު ރޮޒޭނާގެ ޙިއްސާ އޮންނަ ކުންފުންޏަކަށް ދީފައިވާތީ އެކަމަކީ އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ނުފޫޒު ފޯރުވައިގެން ހިންގަވާފައިވާ ޢަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ތުހުމަތުތައް މިނިސްޓަރ ފައްޔާޒް ދޮގު ކުރަށްވާފައިވާއިރު ރޮޒޭނާ މިއަދު ވިދާޅުވެފައިވަނީ ވަގަށް ކާށިކެއުމަށް ޤަސްދު ނުކުރަށްވާ ކަމަށެވެ.
ރޮޒޭނާގެ ޙިއްސާ އޮންނަ ކުންފުންޏަށް ހުޅުމާލޭގައި ކްލިނިކް ބިލްޑިން އެއް އެޅުމަށް ދީފައިވާ ކަމަށްބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ރޮޒޭނާ ވިދާޅުވީ، އެ ބިޑް ކާމިޔާބުވީކަން އެޗްޑީސީން އަދި އަންގަވާފައި ނުވާކަމަށާއި، ނަމަވެސް އެ ޕްރޮޖެކްޓަށް ބިޑް ކުރުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ބިޑް ކާމިޔާބު ކުރުމަށް ކޮށްފައި ނުވާނެ ކަމަށެވެ.
ދަތްހުރި ދުވަހު ކާށި ކެވޭނެކަން ޤަބޫލު ކުރަށްވާ ކަމަށް ވިދާޅުވެ ރޮޒޭނާ ވިދާޅުވީ، ދެން އެބިޑަށް ކުރިމަތި ލައްވާފައި އޮތް ކުންފުންޏަށް ވުރެ ރޮޒޭނާމެންގެ ކުންފުނިން އެޗްޑީސީއަށް ދިނުމަށް ހުށައެޅި ބިމުކުލި ބޮޑުވާނެ ކަމަށާއި، އެހެންކަމުން ބިޑް ކާމިޔާބު ވާނެ ކަމަށް ޤަބޫލު ކުރަށްވާ ކަމަށެވެ.
ޑީވައިއެމް އިން 5 އަހަރު ދުވަހުގެ ކުލީގެ ގޮތުގައި 16.2 މިލިއަން ރުފިޔާ ދިނުމަށް ހުށައަޅާފައިވާއިރު، މެޑި ކުއިޕް ކުންފުނިން ހުށައަޅާފައިވަނީ 10.7 މިލިއަން ރުފިޔާއެވެ.
ހުޅުމާލޭގައި ކްލިނިކެއް ޢިމާރާތް ކުރުމަށް ބިޑަށް ކުރިމަތިލާފައިވަނީ ރޮޒޭނާގެ ޙިއްސާ އޮންނަ ޑީވައިއެމް ކުންފުނީގެ އިތުރުން މެޑިކުއިޕް ކުންފުންޏެވެ. މެޑިކުއިޕް އަކީވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މަޞްލަޙަތު އޮތް ކުންފުންޏެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެ ކުންފުނީގައި ސީދާގޮތުން މަޖިލީހުގެ މެމްބަރެއްގެ ޙިއްސާއެއް ނޯވެއެވެ. މެޑިކުއިޕް ކުންފުންޏަށް އަގު ބޮޑުކޮށް ކޯވިޑް-19 ޓެސްޓް ކިޓް ތަކެއް ގަތުމަށް އެސްޓީއޯއިން ޙަވާލުކުރި މައްސަލައެއް ވެސް މިހާރު އޭސީސީން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު