ކުރާ ޓްވީޓެއްގެ ޒިންމާ ވަޒީފާއަދާކުރާ ތަނުން ނަގަން ނުޖެހޭނެ ކަމަށް ޑރ. މުޙައްމަދު ޢިޔާޒް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގެ ސަބަބުން އެކަމުގެ ނުރަނގަޅު އަސަރު މުޖުތަމަޢަށް ފޯރާތީ އެކަން ތަހުގީގު ކުރުމުގެ ގޮތުން ކަމަށްބުނެ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރގެ މަގާމުގައި ހުންނެވި ޑރ. އިޔާޒް 14 ދުވަހުގެ މުއްދަތަށް އެ ޔުނިވަރސިޓީން ވަނީ ސަސްޕެންޑް ކޮށްފައެވެ.
ސަސްޕެންޝަނަށް އިޢުތިރާޒް ކުރަށްވައި ޑރ. އިޔާޒް ޔުނިވަރސިޓީއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ކުރާ ޓްވީޓެއްގެ ޒިންމާ ވަޒީފާއަދާކުރާ ތަނުން ނަގަން ޖެހޭނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށާއި، އޭނާ ސޯޝަލް މީޑިއާގައި ފާޅު ކުރަށްވާ ޚިޔާލުތަކަކީ ޔުނިވަރސިޓީގެ ޤަދަރާއި ޝަރަފް އުފުލިގެންދާނެ ޚިޔާލު ތަކެއް ކަމަށެވެ.
ޑރ. އިޔާޒް ވިދާޅުވީ، އޭނާއާއި ބައްދަލުކޮށް ނަސޭޙަތުގެ އިންޒާރު ދިންކަމަށް ބުނާ ދުވަހުގެ ބައްދަލުވުމުގައި އެއްވެސް ވަރަކަށް އެފަދަ ވާހަކައެއް ދެކެވިފައި ނުވާ ކަމަށެވެ. ނަމަވެސް މީގެ ކުރިން ޑރ. އިޔާޒް ވަނީ ޔުނިވަރސިޓީން އޭނާއަށް އިންޒާރުދީފައިވާ ކަމަށް ސޯޝަލް މީޑިއާގައިވެސް ވިދާޅުވެފައެވެ. އަދި ވަޒީފާގައި ތިއްބަވާ މުވައްޒަފުންނާއި މެދު ފިޔަވަޅު އަޅަން ހަމަޖެހިތަރުތީބުވެފައި އޮންނަ އުސޫލުން ޑރ. އިޔާޒާއި މެދު ފިޔަވަޅުއެޅުމުގެ މަރްޙަލާތައް ތަރުތީބު ކުރެވިފައި ނުވާކަމަށާއި މިކަން ހިނގާފައި މިވަނީ ކަޑައްތު ކުރަންޖެހޭ މަރްޙަލާތައް އޮންނަ ތަރުތީބުން އިޖްރާއާތުތައް ފުރިހަމަނުވެ ކަންކަން އިސްފަސްކޮށް ކަމަށް ޤަބޫލު ކުރާ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ޓްވިޓަރ ހެންޑަލް ބައްލަވާ ލެއްވުމުން އަޅުގަނޑު ޓުވިޓަރ ގައި ފާޅުކުރާ ޚިޔާލު ތަކާއި ޝުޢޫރު ތަކަކީ އަޅުގަނޑުގެ އަމިއްލަ ޒާތީ ކަމެއްކަން ބަޔާންކޮށްފައިވާތީ ފެނިވަޑައިގަންނަވާނެއެވެ. އެހެންކަމުން އަޅުގަނޑުކުރާ ޓްވީޓުތަކުގެ ޒިންމާ އަޅުގަނޑު ވަޒީފާ އަދާކުރާތަނަކުން ނަގަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެވާހަކަ އިޙްތިރާމް އާއި އެކު ދަންނަވަމެވެ." ޑރ. އިޔާޒްގެ ސިޓީގައި ވެއެވެ.
ޑރ. އިޔާޒް ވިދާޅުވީ އޭނާ އަކީ އެހެން އިންސާނުންނެކޭ އެއްބީދައިން ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭ މުކައްލަފަކަށްވާތީ، އެކަލާނގެ އާއި އެކަލާނގެ ރަސޫލާ މަނަޢަ ކުރައްވާފައިވާ ކަމެއް އަދި އިސްލާމް ދީނާއި ފުށު އަރާ ވާހަކައެއް ނުވަތަ އެއްޗެއް ނުފަތުރާކަމަށާއި އަދި ނުފަތުރާނެކަމުގައިވެސް ދަންނަވާ ކަމަށެވެ. އަދި އެފަދަ ކަންކަމީ މިދުނިޔެމަތީގައި ބަޔަކު އަޅާލިޔަސް ނުލިޔަސް ޤިޔާމަތް ދުވަހު ސުވާލުވެވޭނޭ ކަންކަން ކަމުގައި ވާތީ އެކަން ހަނދާނުންނާއި ސިކުނޑިން އެއްފަހަރުވެސް ފުހެވިގެން ނުދާކަމުގައިވެސް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.
އަދި އޭނާއަކީ އިސްލާމްދީނުގެ ތަޢުލީމު އުނގެނިހުރެ އެދީނުގެ ތަޢުލީމު މީސްތަކުންނަށް ފޯރުކޮށްދޭން ރެޔާއިދުވާލު މަސައްކަތް ކުރާ މީހެއް ކަމަށާއި، އަދި ސޯޝަލް މީޑިޔާ މެދުވެރިކޮށް ދީނުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ސަބަބުން ޔުނިވަރސިޓީގެ ޤަދަރާއި ކަރާމާތްވާނީ މަތިވެރި ކަމަށް ޤަބޫލުކުރަށްވާ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު