ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ހުށައަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭންގައި މާލޭ ސިޓީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ކަމަށެވެ. ރައީސް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީއާ ދެމެދު ގާނޫނީ ފުށުއެރުންތަކެއް ހުރިކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އޭގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށާއި، އެމިނިސްޓްރީގެ ހިންގުންވެސް ލަސްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ވެހިކަލް ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ލާމަރުކަޒީ ކޮށްގެން ދޫކޮށްލުމަކީ މައި ސަރުކާރަށް އެކަމުގެ ލުއިތައް ލިބިގެންދާނެ ކަމެއް ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް ހުރިކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވާއިރު، ޑްރައިވިނގް ލައިސެންސް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެކަމުގައި ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޯޓު މިނިސްޓްރީގައި ޢާއްމުންގެ ބަޔަކު މިއަދު ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ. މީގެއިތުރުން ވެސް އެމިނިސްޓްރީގެ ޚިދުމަތްތައް ހޯދުމުގައި ލަސްތަކެއް އުޅޭ މައްސަލައާއި ވެހިކަލް ގަރާޖް ރެޖިސްޓްރީ ކުރުމުގައި ބޮޑެތި ކޮރަޕްޝަންތައް ހިނގާފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު