ޢަދާލަތު ޕާޓީ ސަރުކާރުގައި ދެމިއޮތުމަށް ޑރ. މުޙައްމަދު އިޔާޒް އިލްތިމާސް ކުރަށްވައިފިއެވެ.
މިފަހަކަށް އައިސް ސަރުކާރުގެ ބައެއް ދީނީ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޑރ. އިޔާޒު ސޯޝަލް މީޑިއާގައި ކުރަށްވާ ޕޯސްޓުތަކުގެ ސަބަބުން އެކަމުގެ ނުރަނގަޅު އަސަރު މުޖުތަމަޢަށް ފޯރާތީ އެކަން ތަހުގީގު ކުރުމުގެ ގޮތުން ކަމަށްބުނެ ޑރ. އިޔާޒު ވަޒީފާ އަދާކުރަށްވާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ވަނީ 14 ދުވަހުގެ މުއްދަތަށް އޭނާ ސަސްޕެންޑް ކޮށްފައެވެ. އެހެން ނަމަވެސް ޑރ އިޔާޒް ވިދާޅުވީ، ޚިޔާލު ތަފާތު ކަންތައްތަކެއް ހުރި ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރަކީ ޙަޔާތުގައި ދުށް އެންމެ ރަނގަޅު ވެރިކަން ކަމަށެވެ.
ޑރ. އިޔާޒަށް އަޅާފައިވާ ފިޔަވާ ގުޅިގެން މިއަދު އޭނާ ވިދާޅުވީ، އެންމެ މީހެއްގެ މަސްލަޙަތަށް ވުރެ ޤައުމުގެ އަގު ބޮޑު ކަމަށާއި، ވަކިވަކި ފަރުދަކާއިމެދު ކުރެވޭ އަނިޔާއަކާއި ހުރެ މުޅީ ދަޢުލަތަށް ގެއްލުން ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އޭނާއާމެދު ޔުނިވަރސިޓީން ކޮންމެ ގޮތަކަށް ޢަމަލުކުރި ނަމަވެސް ސަރުކާރުގައި ޢަދާލަތު ޕާޓީ ދެމިއޮންނަންވާނެ ކަމަށް ޑރ. ޢިޔާޒް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ވަކި ކުރި ނަމަވެސް ޢަލާލަތު ޕާޓީ ސަރުކާރުގައި ދެމިއޮތުމަށް އިލްތިމާސް ކުރަން." ޑރ. ޢިޔާޒް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ޑރ. އިޔާޒް ފާޅުކުރަށްވާ ޚިޔާލުތަކާގުޅިގެން ޔުނިވަރސިޓީގައި އަދާކުރަމުންދިޔަ ވަޒީފާއިން ސަސްޕެންޑް ކުރުމާ ގުޅިގެން ޑރ އިޔާޒް ވިދާޅުވެފައިވަނީ، އޭނާ އަކީ އިސްލާމްދީނުގެ ތަޢުލީމު އުނގެނިހުރެ އެދީނުގެ ތަޢުލީމު މީސްތަކުންނަށް ފޯރުކޮށްދޭން ރެޔާއިދުވާލު މަސައްކަތް ކުރާ މީހެއް ކަމަށާއި، އަދި ސޯޝަލް މީޑިޔާ މެދުވެރިކޮށް ދީނުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ސަބަބުން ޔުނިވަރސިޓީގެ ޤަދަރާއި ކަރާމާތްވާނީ މަތިވެރި ކަމަށް ޤަބޫލުކުރަށްވާ ކަމަށެވެ.
ޑރ. ޢިޔާޒަށް އެޅި ފިޔަވަޅާ ގުޅިގެން ޢަދާލަތު ޕާޓީން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ޑރ. އިޔާޒްގެ ދިފާޢުގައި މިހާތަނަށް ބަސް ވިދާޅުވެފައި ވަނީ ޝައިޚް އިލްޔާސް އާއި، ޝައިޚް ޢަލީ ޒައިދު އެވެ. ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ މި މައްސަލާގައި ހަނު ހުންނަވާތީ ގިނަ ބައެއްގެ ފާޑުކިއުން އިމްރާނަށް ވަނީ އަމާޒުވެފައެވެ.

Enme meeheh ge maslahathah vure Gaumu ge agu bodu. Veema vaki fardhakaai medhu kurevey aniyaa akaai hure mulhi dhaulathah gellun dhinumaky kohgen vaane kameh noon. Alhugadu @MNUedu in vaki kuri namaves @AdhaalathOffice sarukaaru gai dhemi othumah ilthimaas kuran.
— Dr.Mohamed Iyaz (@dr_iyaz) March 9, 2021
ސޯޝަލް މީޑިއާގައި ޑރ. އިޔާޒް ފާޅުކުރަށްވާ ޚިޔާލުތަކާގުޅިގެން ޔުނިވަރސިޓީގައި އަދާކުރަމުންދިޔަ ވަޒީފާއިން ސަސްޕެންޑް ކުރުމާ ގުޅިގެން ޑރ އިޔާޒް ވިދާޅުވެފައިވަނީ، އޭނާ އަކީ އިސްލާމްދީނުގެ ތަޢުލީމު އުނގެނިހުރެ އެދީނުގެ ތަޢުލީމު މީސްތަކުންނަށް ފޯރުކޮށްދޭން ރެޔާއިދުވާލު މަސައްކަތް ކުރާ މީހެއް ކަމަށާއި، އަދި ސޯޝަލް މީޑިޔާ މެދުވެރިކޮށް ދީނުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ސަބަބުން ޔުނިވަރސިޓީގެ ޤަދަރާއި ކަރާމާތްވާނީ މަތިވެރި ކަމަށް ޤަބޫލުކުރަށްވާ ކަމަށެވެ.
ޑރ. ޢިޔާޒަށް އެޅި ފިޔަވަޅާ ގުޅިގެން ޢަދާލަތު ޕާޓީން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ޑރ. އިޔާޒްގެ ދިފާޢުގައި މިހާތަނަށް ބަސް ވިދާޅުވެފައި ވަނީ ޝައިޚް އިލްޔާސް އާއި، ޝައިޚް ޢަލީ ޒައިދު އެވެ. ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ މި މައްސަލާގައި ހަނު ހުންނަވާތީ ގިނަ ބައެއްގެ ފާޑުކިއުން އިމްރާނަށް ވަނީ އަމާޒުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު