މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަޙީދަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ލީޑަރ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގެ އެމްއާރުއެމްއަށް ނިސްބަތްވާ ވަޒީރު ޒަހާގެ އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި ގަރާރުގައިވަނީ މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ނުކުރާކަމަށާއި، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާނުދޭ ކަމަށެވެ. އަދި މިނިސްޓްރީން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާ ނުކުރާ ކަަމަށް އެ ޤަރާރުގައި ވެއެވެ.
އެކަމާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ، އެމްއާރުއެމްގެ ފުރިހަމަ އިތުބާރު މިނިސްޓަރ ޒަހާއަށް އެބައޮތް ކަމަށެވެ. އަދި މިނިސްޓަރ ޒަހާއަކީ މަސްވެރިކަމުގެ ސިނާޢަތަށާއި މަސްވެރިންނަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ ވަޒީރެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އެމްއާރުއެމް އަށް ނިސްބަތްވާ މިނިސްޓަރ ޔުމްނާ ވިދާޅުވީ، ޒަހާ އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ހިތްވަރުގަދަ މިނިސްޓަރެއް ކަމަށެވެ. އަދި މިއީ ސަރުކާރު ކޯލިޝަން ރޫޅައިލުމަށް އިދިކޮޅުން ކުރާ ކަމެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ. ޔުމްނާ ވިދާޅުވީ ﷲ ގެ އިރާދަފުޅާއެކު އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ 11 މެމްބަރުންގެ ސޮޔާއި އެކުއެވެ. އޭގެ ތެރޭގައި އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲއާއި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހިމެނެއެވެ.

MRM has full confidence in Minister Zaha Waheed. She is serving our fisheries industry and fishermen and indeed the country with honour and distinction. @presidencymv @MoFMRAmv @MRM_Office
— Maumoon Abdul Gayoom (@maumoonagayoom) March 10, 2021
އެމްއާރުއެމް އަށް ނިސްބަތްވާ މިނިސްޓަރ ޔުމްނާ ވިދާޅުވީ، ޒަހާ އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ހިތްވަރުގަދަ މިނިސްޓަރެއް ކަމަށެވެ. އަދި މިއީ ސަރުކާރު ކޯލިޝަން ރޫޅައިލުމަށް އިދިކޮޅުން ކުރާ ކަމެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ. ޔުމްނާ ވިދާޅުވީ ﷲ ގެ އިރާދަފުޅާއެކު އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ 11 މެމްބަރުންގެ ސޮޔާއި އެކުއެވެ. އޭގެ ތެރޭގައި އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲއާއި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު