އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދަން އުޅުނު މުޒާހަރާއާއި ގުޅިގެން އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އާއި އެކު އިތުރު 16 މީހުން ހައްޔަރުކޮށްފިއެވެ.
މުޒާހަރާ ކުރުމަށް ހުރަސްއެޅުމަށް ފުލުހުން ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަޙައްދު ބަންދުކޮށްފައިވީ ނަމަވެސް އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންވަނީ މާލޭގެ އެކި ސަރަޙައްދު ތަކަށް އެއްވެ މިއަދުވެސް މުޒާހަރާ ކޮށްފައެވެ. އަދި މުޒާހަރާގެ ތެރެއިން މިހާރު 16 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
މާލޭ ސަރަޙައްދުގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާތީ އެޗްޕީއޭއިން ވަނީ މަގުތަކަށް އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން އެއްވެ ނޫޅެވޭނެކަން އަންގާފައެވެ. އަދި ފުލުހުން ގެންދަނީ އެޗްޕީއޭގެ އެންގުން ތަންފީޒު ކުރުމުގެ ގޮތުން އިދިކޮޅުގެ އެއްވުން ތަކަށް ހުރަސް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު