ކޯވިޑް-19 އަށް ޝައްކު ކުރެވިގެން ސަފާރީން އެކަހެރި ކުރި ދެމީހުން ބައްޔަށް ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ. މި ދެމީހުންނަކީވެސް ބިދޭސީންނެވެ.

އައިލެންޑް ސަފާރީ ނަމަކަށްކިޔާ ސަފާރީއެއްގައި ތިބި ބައެއްގެ ފަރާތުން ކޮރޯނާވައިރަސްގެ އަލާމާތްތައް ފެނިގެން މޮނިޓަރ ކުރަމުން ދާކަމަށް އިއްޔެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

ސަރުކާރުން ބުނީ ފުވައްމުލަކު ކައިރީގައި އޮތް މި ސަފާރީ މިހާރު ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން