ޙާމިދު ޢަބްދުލްޣަފޫރު
ޙާމިދު ޢަބްދުލްޣަފޫރު
ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވައިލާ ޕޮލިސް ބޯޑުގެ މެންބަރުކަމަށް އާންމުންގެ ފަރާތުން ހުންނަވާ މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޙާމިދު ޢަބްދުލްޣަފޫރު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޙާމިދު ޕޮލިސްބޯޑަށް ޢައްޔަނު ކުރުމަށް ފާސްވީ މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި 41 މެމްބަރުންގެ އިއްތިފާޤުންނެވެ. ފުލުހުންގެ ބޯޑަށް ޢާއްމުންގެ ތެރެއިން ދެ މެމްބަރުން ޢައްޔަނުކުރަން ޖެހޭއިރު އެ މަޤާމަށް ދެވަނަ މެމްބަރަކު ނެގުމަށްޓަކައި މިއަދު އިޢުލާނު ކުރަށްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވައިލާ ޕޮލިސް ބޯޑުގެ މެންބަރުކަމަށް އާންމުންގެ ތެރެއިން މެމްބަރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން ހުޅުވައިލުމުން ކުރިމަތި ލެއްވި 5 ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ޙާމިދުގެ ނަން އެކަންޏެވެ. ހާމިދު އަބްދުލް ޣަފޫރު ފިޔަވައި އެހެން ބޭފުޅެއްގެ ނަން ފާސްވާވަރަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ވޯޓު ލިބިފައެއް ނުވެއެވެ.

ޙާމިދަކީ 2012 ނޮވެމްބަރު 16 ވަނަދުވަހުގެ ފަތިހު 05:00 ހާއިރު ހދ. ހޮނޑައިދޫ ކިޔާ ފަޅުރަށެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅުނު މައްސަލައާ ގުޅިގެން ދަޢުވާކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުއްވި ބޭފުޅެކެވެ. އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ކާށިދޫ ދާއިރާގެ މިހާރުގެ މެމްބަރު ޖާބިރާއި، ރައީސް ނަޝީދު ސަރުކާރުގެ ސްޕޯކްސްޕަރސަން މުޙައްމަދު ޒުހެއިރާއި، ދަޢުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އިބްރާހީމް ޙުސައިން ޒަކީ ވެސް ހިމެނެއެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" ގެ ދަށުން އުފައްދަން ޖެހޭ ޕޮލިސް ބޯޑުގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. އޭގެ ތެރޭޭގައި ހިމެނެނީ ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންނާއި އެކި ދާއިރާތަކާ ގުޅޭ ތިން ތަޖުރިބާކާރުންނާއި އާންމުންގެ ތެރެއިން ދެ މެމްބަރަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން