ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު
ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ޤައުމު ސަލާމަތް ކުރުމަށް ލިބޭނެ ފަހު ފުރުސަތު ކަމަށް ޕީޕީއެމްގެ ޓިކެޓްގައި މާލޭސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރަށްވާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ، އިބްރާހީމް ޝުޖާއުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ މިއީ ޤައުމު ސަލާމަތް ކުރުމަށް ރައްޔިތުންނަށް ލިބޭނެ ފަހު ފުރުސަތު ކަމަށާއި، އެހެންކަމުން މި އިންތިޚާބުގައި އެންމެންގެ ވޯޓު ރުކަށް ދޭންޖެހޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ސިޔާސީ ބައިބައިވުން އެއްފަރާތްކޮށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް ގައުމީ މައްސަލަތައް ހައްލުކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި، މިފަހަރު ގައުމިއްޔަތުގެ ވިސްނުމުގައި ތިބި ބަޔަކަށް ވޯޓު ނުދީފިނަމަ، ގައުމު ނުފެންނާނެ ކަމަށާއި އެގޮތުން ގައުމުގެ ހައްގުގައި ޖިިހާދުކުރި އަބްތޯލުންގެ ޖިހާދު ވެސް ވާނީ ބޭކާރު އެއްޗަކަށް ކަމަށެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު އަތަށް ލިބޭނީ ކަރުދާސްކޮޅެއް ނޫން ކަމަށާއި އެއީ ގައުމުގެ މިނިވަންކަމާއި ގައުމިއްޔަތުގެ ޒިންމާ ސަލާމަތްކޮށް ގައުމީ ވާޖިބު އަދާކުރަން ލިބޭ ފުރުސަތެއް ކަމަށް މުއިއްޒު މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން