ޕީއެންސީ ގެ ނައިބު ރައީސް މުޙައްމަދު ސަޢީދު (ކ) ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު (ވ)
ޕީއެންސީ ގެ ނައިބު ރައީސް މުޙައްމަދު ސަޢީދު (ކ) ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު (ވ)
ސިޔާސީ މީހުން ނޫސްވެރިންނަށް އިޙްތިރާމް ކުރަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު، ޕީއެންސީ ގެ ނައިބު ރައީސް މުޙައްމަދު ސަޢީދަށް ރައްދު ދެއްވައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ކައުންސިލަރ ކަމަށް ވާދަކުރަށްވާ ޝުޖާއުގެ "ޕީޕީއެމް ޔޫތު ސިޓީ ޖަގަހަ" ހުޅުވުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީގެ ކެނޑިޑޭޓް ރިޒުނާ ޒަރީރަށް ނިސްބަތް ކުރަށްވައި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވީ ޗެނަލެއްގައި ހަބަރު ވިދާޅުވާން އިނދެފައި އައިސް ޝުޖާއު އާއި ވާދަކުރަން ލަދުގަންނަން ޖެހޭކަމަށެވެ. އަދި ރިޒްނާއަށް އެކަން ނުވާނެ ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ސައީދުގެ ވާހަކަތަކާ ގުޅިގެން ޝުޖާއަށް ކުރިމަތިވެފައިވާ ފާޑުކިއުންތަކާ ގުޅިގެން ނުސީދާކޮށް ސަޢީދަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ޑިމޮކްރަސީގެ 4 ވަނަ ބާރަކީ މީޑިއާ ކަމަށާއި، ވަކިން ޚާއްޞަކޮށް ތެދު ޞައްޙަ މަޢުލޫމާތު ހާމަކުރާ މީޑިއާތައް ކަމަށެވެ. އަދި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ސިޔާސީ ދާއިރާގައި ފުރުޞަތު އޮތްތަން ދިވެހިން ދެކެފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑު ސިޔާސީ ދާއިރާގައި ކުރިއަށްދާނީ ހުރިހައި ފަރާތްތަކަށް އިޙްތިރާމްކޮށްގެން. އަޅުގަނޑުގެ ބަހަކީ އަޅުގަނޑުގެ ބަސް." ކުރިމަތިވެފައިވާ ފާޑުކިއުންތަކާ ގުޅިގެން ޝުޖާއު ވިދާޅުވިއެވެ.



ސަޢީދުގެ ވާހަކަތަކާ ގުޅިގެން ރިޒްނާ ވިދާޅުވީ މީޑިއާ އަކީ ޑިމޮކްރަސީއެއްގެ ހަތަރުވަނަ ބާރުކަމަށެވެ. އަދި އެކަން ސަޢީދަށް އެނގިވަޑައިނުގެންނެވީތީ ލަދުގަންނަންޖެހޭކަމަށް ރިޒްނާ ވިދާޅުވި އެވެ. އަދި ނޫސްވެރިކަމުގައި އުޅެފައި ސިޔާސީ ދާއިރާއަށް ވަނުމަކީ ލަދުގަންނަން ޖެހޭވަރުގެ ކަމެއް ނޫންކަމަށާއި، އަންހެނަކަށްވީތީ ފަހަތަކަށްވެސް ނުޖެހޭނެކަމަށް ވިދާޅުވެ ރިޒްނާ ވަނީ ސަޢީދަށް ރައްދު ދެއްވާފައެވެ.

ރިޒްނާ އަކީ މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްފައިވާ ނޫސްވެރިއެކެވެ. އެގޮތުން ދަޢުލަތުގެ މީޑިއާއާއި، ރާއްޖެޓީވީ އާއި ޗެނަލް 13 ގަވެސް ރިޒްނާ ވަނީ މަސައްކަތް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-11

ތެޑްވޭވް

19-Mar-2021

ސުޖާއުއަށް އެގެންވާނެ ދެއްތޮ ޑިޕޯސިޓްކުރަން ނުވަތަ ފޯރމަނަކަށް އުޅެފަ ހުރި މީހަކަށްވެސް މަޖީލީހުގެ ގޮޑީގައި ވެސް އިދެވިދާނެކަން



ޓްރެންޑިން