އައްޑޫ ސިޓީ (ފޮޓޯ: ސޯޝަލް މީޑިއާ)
އައްޑޫ ސިޓީ (ފޮޓޯ: ސޯޝަލް މީޑިއާ)
އައްޑޫސިޓީ ގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެއެވެ.

އައްޑޫ ސިޓީ ލިންކް ރޯޑްގައި މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަކީ ސ. ހިތަދޫއަށް ނިސްބަތްވާ މީހެކެވެ. މަރަދޫފޭދޫގައި ދިރިއުޅޭ އެ އަންހެން މީހާ އެކްސިޑެންޓުވެފައިވަނީ މިއަދު ހެނދުނު އޭނާގެ ދަރިފުޅު އައްޑޫ ހައި ސްކޫލަށް ގެންދިއުމަށް ފަހު ލިންކް ރޯޑުން އެނބުރި ރަށަށް ދިޔަ މަގުމަތީގައެވެ.

އެކްސިޑެންޓްގައި އަންހެން މީހާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު ހަށިގަނޑުގެ އެކި ގުނަވަންތަކަށްވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ މީގެ ކުޑައިރުކޮޅެއްގެ ކުރިންނެވެ.

މިޙާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން