އިދިކޮޅު ޕީޕީއެމުން އިންސާފު ހޯދުމަށް ކޯޓު ކައިރީ ކުރި އިޙްތިޖާޖެއް
އިދިކޮޅު ޕީޕީއެމުން އިންސާފު ހޯދުމަށް ކޯޓު ކައިރީ ކުރި އިޙްތިޖާޖެއް
އިދިކޮޅު ޕީޕީއެމް 75000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

ކޯވިޑު-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެގެން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީީޕީ އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީ މީގެ ކުރިންވެސް ވަނީ ޖޫރިމަނާކޮށްފައެވެ. އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އިދިކޮޅު ކޯލިޝަނުން އަންނަނީ އެކި ނަންނަމުގައި ސިލްސިލާކޮށް މުޒާހަރާތައް ބާއްވަމުންނެވެ. އަދި މުޒާހަރާގައި ބައިވެރިވާ ފަރާތްތައް ފުލުހުންގެ ހައްޔަރަށް ގެންދިއުމަށްފަހު ދޫކޮށްލަނީ ޖޫރިމަނާ ކުރުމަށް ފަހުއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް މިރޭ ވިދާޅުވީ ޕީޕީއެމް ޖޫރިމަނާ ކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ތަކުރާރުކޮށް ޚިލާފުވަމުން ގެންދިއުމުގެ ސަބަބުން ކަމަށެވެ. ޝަރީފް ވިދާޅުވީ ޕީޕީއެމުން ޖަވާބުދާރީވުމަށް ހުށައެޅި ހުށައެޅުންތައް ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށާއި، އަދި ޕީޕީއެމް 75000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.



އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ބަލާއިރު އާންމު ފަރުދެއްނަމަ 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެއެވެ. ޤާނޫނީ ޝަޚުސެއްނަމަ 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ އާންމު ފަރުދެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން، ދެވަނަ ފަހަރު 3،500 ރުފިޔާއިން، ތިންވަނަ ފަހަރު 7،500 ރުފިޔާއިން، އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ޤާނޫނީ ޝަހުސެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން، ދެވަނަ ފަހަރު 25،000 ރުފިޔާއިން، ތިންވަނަ ފަހަރު 50،000 ރުފިޔާއިން އަދި ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށާއި އަދި އެންގުމާއި ޚިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން