ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (ކ) އާއި ކުރީގެ މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް (ވ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (ކ) އާއި ކުރީގެ މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް (ވ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ "ދެ މުސާރަ ތަކުރު" ކަމަށް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމަށް ކަނޑައަޅައި މަޤާމުން ދުރުކޮށްފައިވާ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުން، ކުރީގެ ރައީސަކަށް ދޭ މާލީ އިނާޔަތާއި އެކޮމޮޑޭޝަން އެލަވަންސް އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ރައީސް ނަޝީދަށް އިނާޔަތުގެ ގޮތުގައި މަހަކު 172،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި ރައްޔިތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް މުސާރަ އާއި އެލަވެންސްގެ ގޮތުގައި 73،125 ރުފިޔާ ލިބިލައްވާނެއެވެ. އެއީ މަޖިލީހުގެ ރައީސްއަށް މުސާރައިގެ ގޮތުގައި ދޭ 53،125 ރުފިޔާ އާއި އެލަވެންސްގެ ގޮތުގައި ދޭ 20،000 ރުފިޔާ އެވެ. އެހެންކަމުން ދައުލަތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ކޮންމެ މަހަކު ވެސް ދޭ މުސާރަ އާއި އެލަވެންސްގެ ޖުމްލަ 245،125 ރުފިޔާއަށް އަރާނެ އެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ މުސާރައާ ގުޅޭގޮތުން މަލީހް މިއަދު ވިދާޅުވީ، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ މުސާރައާއި ޢިނާޔަތްތައް ސާފުކުރުމަށް މާދަމާ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ މުސާރައާއި ޢިނާޔަތުގެ ތެރެއިން ކޮންމެވެސް އެކައްޗެއް ރައްޔިތުންގެ ޙައްޤުގައި ދޫކޮށްލެއްވުމުގެ ހިތްވަރު ހުންނާނެތޯ މަލީޙް ވަނީ ސުވާލު އުފައްދަވާފައެވެ.

"ދެ މުސާރަ ތަކުރު ރައީސް ނަޝީދަށް ދެން ފޮރުވައިގެން ނުހުރެވޭނެ." މަލީޙް ވިދާޅުވެފައިވެއެވެ.



މީގެ ކުރިން ރައްޔިތުން މަޖިލީހުން ބުނެފައިވަނީ ރައީސްކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ތެރެއިން ބައެއް އިނާޔަތްތައް ދޫކޮށްލެއްވުމަށް އެމަނިކުފާނު ނިންމަވައި އެކަން ފިނޭންސް މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ. އެގޮތުން ރައީސްކަން ކޮށްފައިވާ ފަރާތަކަށް ދައުލަތުން ދޭ އިނާޔަތުގެ ފައިސާގެ ތެރެއިން ރައީސް ނަޝީދު އުނިކުރަން ނިންމެވީ މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 75،000 ރުފިޔާ އާއި އެކޮމަޑޭޝަންގެ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ ފައިސާއެވެ.

ރައީސް ނަޝީދު އެދިވަޑައިގަތް ގޮތަށް، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކުރީގެ ރައީސްގެ އެލަވަންސުން ބައެއް ފިނޭންސް މިނިސްޓްރީން އުނިކޮށްފައިވާނަމަ، އެމަނިކުފާނަށް މުސާރަ އާއި އެލަވަންސްތަކުގެ ގޮތުގައި ދައުލަތުން ލިބިވަޑައިގަންނަވާނީ ޖުމްލަ 160،125 ރުފިޔާ އެވެ.

ކުރީގެ ރައީސުން ދައުލަތުގެ އެހެން މަގާމުތަކަށް ވަޑައިގަތުމަށްފަހު މަގާމުގެ މުސާރައާއި ކުރީގެ ރައީސުންގެ އިނާޔަތް ލިބޭ ގޮތަށް އޮންނަ އޮތުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށާއި ދައުލަތުން ދެ މުސާރައެއް ލިބިވަޑައިގަންނަވާނަމަ އެކަމަށް ގާނޫނީ ހައްލެއް ހޯއްދަވަންޖެހޭކަމަށް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


0

ކައްޓަލަ

21-Mar-2021

ޜަގަޅުވަަހަކައެއް ދެމުސާރަ ދީގެންނުވާނެ



ޓްރެންޑިން