މިޔަރުގެ މަސްވެރިކަން ކުރަން އުޅުނު ދޯނި
މިޔަރުގެ މަސްވެރިކަން ކުރަން އުޅުނު ދޯނި
މިޔަރުގެ މަސްވެރިކަން ކުރަން އުޅުނު ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮށްފިއެވެ.

ފުލުހުން ބުނީ އެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، އދ. މަންދޫ ކައިރީގައި ބަޔަކު މިޔަރުގެ މަސްވެރިކަން ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިއަދު 11:30 ހާއިރު ކަމަށެވެ.

މާވަރު ފަޅު ކައިރިން އެ ދޯނި ހުއްޓުވިއިރު އޭގައި ހަަތަރު މީހުން ތިބިކަމަށާއި، އެ ދޯނި ތެރެއިން މިޔަރާއި މިޔަރުގެ އުރަހައާއި ލޮނު އަޅާފައި ހުރި މިޔަރު މަސް ފުލުހުންނަށް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އެ މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން