ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް (ކ) ރައީސް ޞާލިޙް (މ) އާއި ރައީސް ނަޝީދު (ވ) އާ އެކު
ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް (ކ) ރައީސް ޞާލިޙް (މ) އާއި ރައީސް ނަޝީދު (ވ) އާ އެކު
ސިވިލް ސާވަންޓުންނަކީ ފޮރުވިގެން ތިބެންޖެހޭ އަދި ޚިޔާލުފާޅުކުރުމުގެ ހައްގުން މަހުރޫމް ވެފައިވާ ބައެއް ކަމަށް ވިދާޅުވި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމަށް ޢާއްމުންގެ ފަރާތުން ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން އެންމެ ފަހުން މަޢާފަށް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެމްޕީ ސަލީމް ވިދާޅުވީ، ސިވިލް ސަރވަންޓުންނަކީ ފޭސްލެސް، ވޮއިސްލެސް ބައެއް ކަމަށާއި، ސިވިލް ސަރވަންޓުންނަށް ސޯޝަލް މީޑިއާގައި ކެނޑިޑޭޓުންނަށް ތާޢީދުކޮށް ސިޔާސީ ޕޯސްޓް ނުކުރެވޭނެ ކަމަށެވެ. އަދި ސިވިލް ސަރވިސް މުވައްޒަފުންނަށް ޢާއްމު ރައްޔިތުންނަށް ނޭނގޭ ކިތަންމެ މަޢުލޫމާތެއް އެނގޭނެ ކަމަށާއި، ނަމަވެސް ސިވިލް ސަރވަންޓުންނަށް އެ ޕްރޮފެޝަންގެ އަގު ނުހިފެހެއްޓޭކަމަށް އެމްޕީ ސަލީމް ތުހުމަތު ކުރެއްވިއެވެ.

ސަލީމްގެ މިވާހަކަތަކާއި ދެކޮޅު ހަދައި ސަލީމް މަޖިލީހުގައި ދެއްކެވި ވާހަކައިގެ ވިޑިއޯ ކްލިޕް ހިއްސާކޮށް މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ސަލީމަށް ފާޑުކިޔަމުންނެވެ. އެކަމާ ގުޅިގެން މާފަށް އެދިވަޑައިގެން ސަލީމް މިއަދު ވިދާޅުވީ، ކުރީގެ ސިވިލް ސަރވަންޓެއްގެ ޙައިސިއްޔަތުން ޕްރޮފެޝަނަލް ސިވިލް ސަރވިސްއެއް ރާއްޖޭގައި އުފެދުމަކީ ބޮޑު އުންމީދެއް ކަމަށެވެ. އަދި މަޖިލީހުގައި ވާހަކަ ދެއްކެވީ ވެސް އެ ރޫޙުގައި ކަމަށް ސަލީމް ވިދާޅުވިއެވެ.

"މަޖިލީހުގައި ވާހަކަ ދެއްކީވެސް އެގޮތުން. ވާހަކައިގެ ތަންތަންކޮޅު ވަކިން ޓްވިސްޓް ކުރިޔަސް ޖުމްލަކޮށް ދެއްކި ވާހަކައަކީ ޕްރޮފެޝަނަލް ސިވިލްސަރވިސްގައި ހުންނަންޖެހޭ ކަމަށް ޢިލްމުވެރިން އެއްބަސްވާ ޕްރިންސިޕަލް ތަކެއް." މެމްބަރު ސަލީމް ވިދާޅުވިއެވެ.



ސަލީމް މިއަދު ވިދާޅުވީ، އޭނާ ސިވިލް ސާވެންޓުންނަށް އިހުތިރާމުކުރައްވާ ކަމަށާއި އެގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވީ ގައުމު ބިނާކުރުމުގައި އެމީހުންގެ ދައުރުގެ މައްޗަށް އަލިއަޅުވާލައްވާ ކަމަށެވެ. އަދި އޭނާގެ ނިޔަތަކީ މީހަކަށް ދެރަބަހެއް ވިދާޅުވުން ނޫން ކަމަށާއި، އެފަދަ ގޮތަކަށް އޭނާގެ ވާހަކަ ފަހުމްވި ފަރާތްތަކުގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ސަލީމް ވިދާޅުވީ، އެއިރެއްގައި އޮންނަ ސަރުކާރެއްގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ސިވިލް ސާވިސްއަށް އޮންނަން ޖެހޭ ކަމަށާއި އަދި އެ އިތުބާރު ދެމެހެއްޓުމަށް ސިވިލް ސާވިސްގައި ތިބި 26000 މުވައްޒަފުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ސިވިލް ސަރވަންޓުންނަކީ "ފޭސްލެސް" ބައެއް ކަމަށް ތަޖުރިބާކާރުން ބުނާ ކަމަށާއި އެމީހުންނަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަންޖެހޭ މީހެއް ކަމަށް ސަލީމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން