އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ އަނަސް އަބްދުއް ސައްތާރު (ވ)
އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ އަނަސް އަބްދުއް ސައްތާރު (ވ)
ޚިޔާލުފާޅުކުރުމަށް ހުރަސްއެޅުމަކީ އެމްޑީޕީގެ ފިކުރު ނޫން ކަމަށް އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް މިމޭރުމުން ވިދާޅުވެފައި ވަނީ، ސިވިލް ސަރވަންޓުންނަކީ ފޭސްލެސް، ވޮއިސްލެސް ބައެއް ކަމަށާއި، ސިވިލް ސަރވަންޓުންނަށް ސޯޝަލް މީޑިއާގައި ކެނޑިޑޭޓުންނަށް ތާޢީދުކޮށް ސިޔާސީ ޕޯސްޓް ނުކުރެވޭނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވުމާ ގުޅިގެންނެވެ.

މެމްބަރު ސަލީމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަނަސް ވިދާޅުވީ، ޚިޔާލު ފާޅުކުރުމާއި، ތިމާއެދޭ ފިކުރާއި ވިސްނުމުގެ ވަކާލާތަށް ހުރަސް އެޅުމަކީ އެމްޑީޕީގެ ގޮތް ނޫން ކަމަށެވެ. އަދި ބިރުދެއްކުމާ ޚިޔާލުފާޅުކުރުމުގެ ޙައްޤުތައް ހަނިކުރުމަކީވެސް އެމްޑީޕީގެ ގޮތް ނޫން ކަމަށް އަނަސް ވިދާޅުވިއެވެ.

"އެމަގަށް މި ޕާޓީއެއް، ރަށްވެހިފަތިސް ކެމްޕެއިނެއް، އަޅުގަނޑެއް ދުވަހެއްގައިވެސް ޢަމަލުނުކުރާނަން." އަނަސް ވިދާޅުވިއެވެ.



ސަލީމްގެ މިވާހަކަތަކާއި ދެކޮޅު ހަދައި ސަލީމް މަޖިލީހުގައި ދެއްކެވި ވާހަކައިގެ ވިޑިއޯ ކްލިޕް ހިއްސާކޮށް މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ސަލީމަށް ފާޑުކިޔަމުންނެވެ. އެކަމާ ގުޅިގެން މާފަށް އެދިވަޑައިގެން ސަލީމް މިއަދު ވިދާޅުވީ، ކުރީގެ ސިވިލް ސަރވަންޓެއްގެ ޙައިސިއްޔަތުން ޕްރޮފެޝަނަލް ސިވިލް ސަރވިސްއެއް ރާއްޖޭގައި އުފެދުމަކީ ބޮޑު އުންމީދެއް ކަމަށެވެ. އަދި މަޖިލީހުގައި ވާހަކަ ދެއްކެވީ ވެސް އެ ރޫޙުގައި ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވީ، ޤާނޫނު އަސާސީ އިން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ ޙައްޤަކީ ވަރަށް އަސާސީ ޙައްޤެއް ކަމަށާއި، އެ ޙައްޤުން ބައެއް ވިޔަސް ހިފެހެއްޓެން ވާނީ ކޮންމެހެން އެކަން ކުރަންޖެހޭ ޙާލަތްތަކުގައި ކަމަށެވެ.



ޢާއްމުންގެ ފާޑުކިއުންތަކުގެ ސަބަބުން ސަލީމް މިއަދު ވިދާޅުވީ، އޭނާ ސިވިލް ސާވެންޓުންނަށް އިހުތިރާމުކުރައްވާ ކަމަށާއި، އެގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވީ ގައުމު ބިނާކުރުމުގައި އެމީހުންގެ ދައުރުގެ މައްޗަށް އަލިއަޅުވާލައްވައި ކަމަށެވެ. އަދި އޭނާގެ ނިޔަތަކީ މީހަކަށް ދެރަބަހެއް ވިދާޅުވުން ނޫން ކަމަށާއި، އެފަދަ ގޮތަކަށް އޭނާގެ ވާހަކަ ފަހުމްވި ފަރާތްތަކުގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ސަލީމް ވިދާޅުވީ، އެއިރެއްގައި އޮންނަ ސަރުކާރެއްގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ސިވިލް ސާވިސްއަށް އޮންނަން ޖެހޭ ކަމަށާއި އަދި އެ އިތުބާރު ދެމެހެއްޓުމަށް ސިވިލް ސާވިސްގައި ތިބި 26000 މުވައްޒަފުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ސިވިލް ސަރވަންޓުންނަކީ "ފޭސްލެސް" ބައެއް ކަމަށް ތަޖުރިބާކާރުން ބުނާ ކަމަށާއި އެމީހުންނަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަންޖެހޭ މީހެއް ކަމަށް ސަލީމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން