ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ކ) އާއި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް (ވ)
ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ކ) އާއި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް (ވ)
އެޗްޕީއޭގެ ގައިޑްލައިންތަކުން ވަކި މީހަކު އިސްތިސްނާވެގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލަށްވާފައިވާތީ އެކަމާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ، އެޗްޕީއޭގެ ޤަވާއިދުތަކުން ވަކިމީހަކު ނުވަތަ ވަކިއިދާރާއެއް އިސްތިސްނާ ނުވާނެ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ، ނުރައްކާތެރި ބަލިތަކުން ޤައުމު ސަލާމަތް ކުރެވޭނީ ހުރިހާ އިދާރާތަކަކުންވެސް އެޗްޕީއޭގެ ގަވާޢިދު ތަކަށް އަމަލުކޮށްގެން ކަމަށެވެ.



ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ ކެމްޕޭނަށް ފުރުސަތު ނުލިބޭތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގެ ސަބަބުން އެޗްޕީއޭއިން ދަނީ މީގެކުރިން ހިފަހައްޓާފައިވާ ގިނަ ހިފެހެއްޓުންތަކަށް ބޮޑެތި ލުއިތަކެއް ދެމުންނެވެ. އެގޮތުން ފުޓުބޯޅަ ލީގު ފެށުމުގެ ހުއްދަވެސް އެޗްޕީއޭއިން މިހާރު ވަނީ ދީފައެވެ. އަދި މާލޭ ސަރަޙައްދުގެ ޕާކްތައްވެސް މިއަދު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން މާލޭ ސަރަޙައްދުގައި ވެހިކަލް ދުއްވުން މަނާކުރުމަށް އެންގި އެންގުންވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ވަނީ ބާތިލްކޮށްފައެވެ. އަދި ސްކޫލްތައްވެސް ދަރިވަރުން ޙާޟިރުވެގެން ކިޔެވުން ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން މިހާރުވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން