ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ޕީޖީ އަކީ ރައީސް އޮފީހުގެ ޑިވިޒަނެއްކަން ކަށަވަރުވެއްޖެ ކަމަށް ކުރީގެ ނައިބް ރައީސް އަދި ރައީސް ޔާމީންގެ މިހާރު ދިފާޢީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިމޭރުމުން ވިދާޅުވެފައިވަނީ، ކޯވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެނައުމަށް ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާތީ އެކަމުގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ދައުވާ ނުކުރަން ކުރިން ނިންމި ނިންމުން ބަދަލު ނުކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އޭސީސީ އަށް އިއްޔެ އެންގެވުމާ ގުޅިގެންނެވެ.

ޑރ. ޖަމީލް ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމްގެ ޒިންމާއަކީ ރައީސް ޔާމީނަށް ދަޢުވާކުރުން އެކަނި ކަމަށެވެ. އަދި ޕީޖީ އަކީ ރައީސް އޮފީހުގެ ޑިވިޒަނެއްކަން ކަށަވަރުވެއްޖެ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ. ޖަމީލް ވިދާޅުވީ، ދެ މިލިއަން ޑޮލަރުގެ ޚިޔާނާތެއްގައި ދަޢުވާކުރަންޖެހޭނެ ކަމަށެވެ.

"ކޮވިޑްގެ، އެންމެ ބޮޑު ކޮރަޕްޝަންގައި ވެންޓިލޭޓަރ ގަންނަން 2 މިލިއަން ޑޮލަރ ނެގި. ވެންޓިލޭޓަރވެސް، ފައިސާވެސް ނުލިބުނު." ޑރ. ޖަމީލް ވިދާޅުވިއެވެ.

ކޮވިޑްގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ހެލްތު މިނިސްޓްރީން އެކިފަރާތްތަކަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ތުހުމަތު ތަކެއް ކުރެވިފައިވާއިރު ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށްގެން ގެންނަން ފައިސާ ވެސް ދައްކާފައިވާ ވެންޓިލޭޓަރު ތަކުގެ ތެރެއިން ލިބުނީ މަދު ވެންޓިލޭޓަރު ކޮޅެކެވެ.

އެމައްސަލަ ފެންމަތިވުމުން ހެލްތު މިނިސްޓަރު ވަނީ އަމިއްލައަށް ޒިންމާތަކުން އެކަހެރިވެ ވަޑައިގެން ހުންނެވުމަށްފަހު މަގާމުން އިސްތިއުފާ ވެސް ދެއްވާފައެވެ. މިމައްސަލަ ބެލުމުގެ ވާހަކަ ދޭތެރެ ދޭތެރެއިން އެމްޑީޕީގެ މެންބަރުން މަޖިލިސް ތަޅުމުގައި ވަރަށް ފޯރިއާއެކު ދައްކަވައެވެ. އަދި އެއަށްފަހު އޭސީސީ ކޮމިޓީއަކަށް ހާޒިރުކޮށްގެން ސުވާލުކޮށް އޭސީސީގެ ރައީސް އިސްތިއުފާއަށް ގޮވައި މައްސަލަ ބަލަން މުހުލަތުތައް ވެސް ދެއެވެ. ނަމަވެސް ދުވަސް ކޮޅަކުން އެއަޑު ކެނޑިގެން ދަނީއެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ޙަސަން

29-Mar-2021

ޕީ.ޖީ(ޕްރޮސެކިއުޓަރ ޖެނެރަލް) ޑިވިޜަނަކަށް ވަނީ ކިހިނެއްތަ.



ޓްރެންޑިން