ކޯވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގަތުމަށް މި ސަރުކާރުން ފައިސާދީފައިވަނީ ކަރުދާސް ކުންފުންޏަކަށް ކަމަށް ތުޙުމަތު ކުރަށްވައި، އެފަދަ ކުންފުންޏަކުން ލިބޭނެ ބަދަލެއް ނޯންނާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ހެލްތް މިނިސްޓްރީން ވި އެއްބަސްވުން ބާތިލްކޮށް އެތަކެތި ގަތުމަށް ދައުލަތުން ހޭދަކުރި 31 މިލިއަން ރުފިޔާ ހޯދުމަށް އެމައްސަލަ އާބިޓްރޭޝަނަށް ހުށައެޅުމަށް ދިވެހި ސަރުކާރުން ނިންމުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ، ވެންޓިލޭޓަރ ކޮރަޕްޝަނަކީ ޞައްޙަ މުޢާމަލާތެއް ނޫން ކަމަށެވެ. އަދި އެއީ ގިނަ ކުށްތަކެއްގެ ތެރެއިން ހިންގާފައިވާ ކަމެއް ކަމަށް ޑރ. ޖަމީލް ވަނީ ތުހުމަތު ކުރަށްވާފައެވެ.
ޑރ. ޖަމީލް ވިދާޅުވީ އާބިޓްރޭޝަންގެ ވާހަކައިން ވެންޓިލޭޓަރ ކޮރަޕްޝަންގެ މިސްރާބު ބަދަލު ނުކުރެވޭނެ ކަމަށާއި، ދަޢުލަތަށް ފައިސާ ހޯދަން، ކުށްކުރި މީހުންގެ މާލިއްޔަތު ނުބެލެންވީ ސަބަބެއް ނެތް ކަމަށެވެ.
އަދި އާބިޓްރޭޝަނަށް ދިޔަ ނަމަވެސް ކަރުދާސް ކުންފުންޏަކުން ބަދަލެއް ނުލިބޭނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވި އެއްބަސްވުން ބާތިލް ކުރުމަށް ނިންމައި އެމައްސަލަ އިންޓަރނޭޝަނަލް އާބިޓްރޭޝަނަށް ވެއްދުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން އަންނަނީ ތައްޔާރުވަމުންނެވެ. އޭޖީ އޮފީހުން ނިންމާފައިވަނީ އެ މައްސަލަ ރާއްޖޭގައި ހިންގުމަށެވެ.
75 ވެންޓިލޭޓަރު ގަންނަން ދުބާއީގެ ކުންފުންޏަށް ދީފައި ވަނީ 30.91 މިލިއަން ރުފިޔާ އެވެ. އެހެންނަމަވެސް އޭގެ ތެރެއިން ރާއްޖެއަށް ލިބިފައި ވަނީ އެންމެ 15 ވެންޓިލޭޓަރެވެ. ސަރުކާރުން ބުނެފައިވަނީ، ސަރުކާރުން މަސައްކަތް ކޮށްގެން ވެސް ބާކީ 65 ވެންޓިލޭޓަރު ލިބިފައިނުވާ ކަމަށެވެ.

ވެންޓިލޭޓަރ ކޮރަޕްޝަނަކީ ޞައްޙަ މުޢާމަލާތެއް ނޫން. އެއީ ގިނަ ކުށްތަކެއްގެ ތެރެއިން ހިންގާފައިވާ ކަމެއް. ކަރުދާސް ކުންފުންޏަކުން ބަދަލެއް ނުލިބޭނެ. ފައިސާ ހޯދަން، ކުށްކުރި މީހުންގެ މާލިއްޔަތު ނުބެލެންވީ ކީއްވެ؟ އާބިޓްރޭޝަންގެ ވާހަކައިން މިކޮރަޕްޝަންގެ މިޞްރާބު ބަދަލެއް ނުކުރެވޭނެ pic.twitter.com/5e4IHPWTl0
— Mohamed Jameel Ahmed (@MJameelAhmed) April 1, 2021
އަދި އާބިޓްރޭޝަނަށް ދިޔަ ނަމަވެސް ކަރުދާސް ކުންފުންޏަކުން ބަދަލެއް ނުލިބޭނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވި އެއްބަސްވުން ބާތިލް ކުރުމަށް ނިންމައި އެމައްސަލަ އިންޓަރނޭޝަނަލް އާބިޓްރޭޝަނަށް ވެއްދުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން އަންނަނީ ތައްޔާރުވަމުންނެވެ. އޭޖީ އޮފީހުން ނިންމާފައިވަނީ އެ މައްސަލަ ރާއްޖޭގައި ހިންގުމަށެވެ.
75 ވެންޓިލޭޓަރު ގަންނަން ދުބާއީގެ ކުންފުންޏަށް ދީފައި ވަނީ 30.91 މިލިއަން ރުފިޔާ އެވެ. އެހެންނަމަވެސް އޭގެ ތެރެއިން ރާއްޖެއަށް ލިބިފައި ވަނީ އެންމެ 15 ވެންޓިލޭޓަރެވެ. ސަރުކާރުން ބުނެފައިވަނީ، ސަރުކާރުން މަސައްކަތް ކޮށްގެން ވެސް ބާކީ 65 ވެންޓިލޭޓަރު ލިބިފައިނުވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު