ސިޔާސީ ބޭނުމަށް އިތުރުފުޅު ނުހެއްދެވުމަށް ރައީސް މައުމޫންގެ ލީޑަރުކަމުގައި ހިންގާ އެމްއާރުއެމުން ރައީސް ނަޝީދަށް ގޮވާލައިފިއެވެ.
އެމްއާރުއެމުން މިމޭރުމުން ރައީސް ނަޝީދަށް ގޮވާލާފައިވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދު ނުފުއްދި ލަސްވެފައިވަނީ ކުރީގެ ހައުސިންގ މިނިސްޓަރ އާތިފާ ޝަކޫރުގެ ސަބަބުން ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ އެކަމަށް ރައްދުދީ ނެރެފައިވާ ބަޔާނެއްގައެވެ.
އެމްއާރުއެމްގެ ބަޔާނުގައި ވަނީ ސިޔާސީ ބޭނުމަށް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ސިޔާސީ އިސްބޭފުޅުން އިތުރުފުޅު ހައްދަވައިގެން ވާހަކަފުޅުދެއްކެވުމަކީ އެޕާޓީންނާއި ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރެއްވުމަށް އެދޭކަމަށާއި، އެޕާޓީގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ވާ ކަންކަން އިޚްލާޞްތެރި ކަމާއެކު ތަންފީޒު ކުރުމަށް ކަމަށް އެމްއާރުއެމުން ބުނެފައިވެއެވެ.
އެމްއާރުއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އާތިފާ ޝަކޫރަކީ 2018 ގެ ރިޔާސީ އިންތިޚާބަށް ކޯލިޝަން ޕާޓީތައް ގުޅިގެން އެކުލަވާލި މެނިފެސްޓޯ ހެދުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، ޢާތިފާ އަކީ ހައުސިންގ އެންޑް އާރބަން ޑިވްލޮޕްމަންޓްގެ ދާއިރާއިން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރި ކަމާއެކު ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވަމުން ގެންދެވި ތަޖްރިބާކާރެއް ކަމަށެވެ.
އަދި މިނިސްޓަރުކަމުގެ މަގާމުގެ ޒިންމާތައް އެކަމަނާ އުފުއްލަވާފައިވަނީ، ނުފޫޒުން އެއްކިބާވެ ހުންނަވައިގެން، ވަރަށް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު ކަމަށާއި، މިނިސްޓަރުކަމާ ޙަވާލުވެ ވަޑައިގެންނެވި ފަހުން ހިނގާ ދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ ސީދާ ބެއްލެވުމުގެ ދަށުން ހައުސިންގ މިނިސްޓްރީގެ މަސައްކަތްތަކަށް ވަރަށްބޮޑެތި ކުރިއެރުންތަކެއް ގެންނަވާފައިވާކަމަށެވެ. އަދި ކަމާބެހޭ ޤާނޫނުތަކުގެ ދެލިކޮޕީތައް އެކުލަވާލައި އެއްރަށުން އެނެއްރަށަށް މީހުން ބަދަލުކުރުމާއި، ގެދޮރު ލިބިފައި ނުވާ އެތައް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވި ކަމަށް ބަޔާނުގައި ވެއެވެ.
މީގެއިތުރުން ގެދޮރުގެ ދަތިކަން ތަޙައްމަލު ކުރަމުން ގެންދާ ވަކިވަކި ފަރުދުންނާއި ރައްރަށުގެ ކައުންސިލް ތަކުން އެކަމަނާގެ އަރިހަށް ހުށައަޅަމުންދިޔަ ކަންބޮޑުވުންތައް ސީދާ އަޑުއައްސަވައި، ކަންކަން އޮޅުން ފިލުއްވައި ދެއްވަމުން ގެންދެވި ކަމަށާއި، ފޯނުންގުޅާ ފަރާތްތަކަށް ވަގުތުން ޖަވާބު ނުދެވުނު ނަމަވެސް ފަހުން އެފަރާތްތަކާ ގުޅުއްވުމަކީ އެކަމަނާ އާދަވެގެން ކުރެއްވި ކަމެއް ކަމަށް ބަޔާނުގައިވެއެވެ. އަދި މިއީ އެމް.އާރް.އެމް އާއި މިހާރުގެ ސަރުކާރުން އެކަމަނާއަށް ތާރީފުކޮށް، ޝުކުރުވެރިކަމާއެކު ފާހަގަކުރި ކަމެއް ކަމަށްވެސް އެމްއާރްއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު