އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް
ޤާނޫނުއަސާސީ ވިއްކާލައިފި ކަމަށް ޤާނޫނުއަސާސީ ޑްރާފްޓް ކުރި ކޮމިޓީގެ މުޤައްރިރު އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ސިވިލް ކޯޓުން ބަލަމުން އަންނަ ތަންފީޒީ މައްސަލައެއްގައި ހިމެނޭ ކުންފުންޏެއްގެ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އިބްރާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކުރުމަށް އަމުރުކޮށްފައިވާތީ އެކަމާ ނުރުހުން ފާޅުކޮށް އިބްރާ މިއަދު ވިދާޅުވީ، ޤާނޫނު އަސާސީ ވިއްކާލައިފި ކަމަށާއި، ޖުޑީޝަލް ސަރވިސަސް ކޮމިޝަންގެ ބާރުވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

އިބްރާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅޭގޮތުން އިބްރާ ވިދާޅުވީ، ސިވިލް ކޯޓުން އެވިދާޅުވާ ޗިޓެއް ހިފައިގެން އެގެއަށް އެއްވެސް މީހަކު ނާންނަ ކަމަށެވެ. އަދި މިދިޔަ މަސް ދުވަހު އެހެން މައްސަލަތަކުގައި އެތައް ފަހަރަކު ކޯޓަށް ވަޑައިގެންނެވި ކަމަށާއި، ކޯޓުން އެތައް ޗިޓެއް ވައިބަރ އިންނާއި އީމެއިލް މެދުވެރިކޮށް ލިބިވަޑައިގަންނަވާ ކަމަށެވެ.

"މިއޮތީ އެމްޑީޕީން ޢަދުލު އިންސާފު ޤާއިމުކޮށްފައި. ސާބަހޭ ރައީސް ޞާލިޙް، ރައީސް ނަޝީދު. ތިވަރެއް ނެތް." އިބްރާ ވިދާޅުވެފައިވެއެވެ.



ޤާނޫނު އަސާސީ ވިއްކާލިކަމަށް އިބްރާ ވިދާޅުވި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެއެވެ. ނަމަވެސް ޤާނޫނު އަސާސީއަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނެވުނު އިސްލާޙުތަކުގައި އެމްޑީޕީގެ ބައެއް އިސްފަރާތްތަކުން ނުޙައްޤު މަންފާތަކެއް ހޯދާފައިވާކަމުގެ ތުހުމަތު އިބްރާ ގެންދަވަނީ ކުރަށްވަމުންނެވެ.

ބަންދުގައި ބަހައްޓައިގެން އިބްރާ ކޯޓަށް ހާޒިރުކުރާއިރު ދާދިފަހުން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ނަޝީދަކީ ޖޭއެސްސީގެ ރައީސެވެ. އެމަނިކުފާނު ޖޭއެސްސީގައި އިންނަވައިގެން ޝަރީއަތްތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ތުހުމަތުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން