ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް (ކ) އާއި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު (ވ)
ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް (ކ) އާއި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު (ވ)
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކަކީ، ހިހޫތަނުން ކެއުމަށް ވަރަށް ފަރިތަ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ދުރުކޮށްފައިވާ ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ހޯދާނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީން ކަމަށް ރީކޯ މޫސަ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުން މަލީޙް ވިދާޅުވީ، ރީކޯ މޫސައަކީ "ހިހޫތަނުން ކެއުން" ރަމްޒުކޮށްދިނުމަށް އެންމެ ރަނގަޅަށް ބޭނުން ކުރެވޭނެ މިސާލު ކަމަށެވެ. އަދި އެއީ މިހާރު ނުދައްކައި ފަރުޖެއްސެން އޮތް ވާހަކައެއް ނޫން ކަމަށް މަލީޙް ވިދާޅުވިއެވެ.

މަލީޙް ވިދާޅުވީ، މޫސައަކީ އަބަދުވެސް ބަލިވާ ޓީމްގައި ހުންނަވާ ބޭފުޅެއްކަމަށާއި، ނަމަވެސް އެއީ ސިޔާސީ ގޮތުން ވަރަށް ޑީ ގްރޭޑް ކަމެއް ކަމަށެވެ.

"އެމްޑީޕީ ވެރިކަމުގައި އޮންނަ އިރު އެމްޑީޕީ ވަރެއް ނެތް. ޕީޕީއެމް ވެރިކަމަށް އައީމަ ޕީޕީއެމަށް ސޮއި ކުރި." މަލީޙް ވިދާޅުވެފައިވެއެވެ.

މަލީޙް މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު، މަލީޙަކީ ޕީޕީއެމް އާއި، މި ސަރުކާރުގައިވެސް ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ރައީސް ޔާމިން ސަރުކާރުގެ ވަކި ހިސާބަކުން މަލީހު ވަކިކުރީ ސަރުކާރުގެ ތެރޭގައި ނާއިބް ރައީސް ޑރ. ޖަމީލުގެ އިތުބާރު ގެއްލުނު ހިސާބުންނެވެ. މިސަރުކާރުގެ ވަޒީރުކަމުން މަލީހު ވަކި ކުރީވެސް އިތުބާރުގެ މައްސަލައެއް ފެންމަތިކޮށްފައެވެ. މަލީހު އާންމުކޮށް ސިޔާސީ ދާއިރާގައި ކުރިއަށް ވަޑައިގަންނަވަނީ ބޭބެ ޑރ. ޖަމީލުގެ ވިސްނުމާއެއްގޮތަށް ޖަމީލުގެ ފަހަތްޕުޅުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން