ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް އެންޓި ކެންޕެއިން ކުރުމުން އެމަނިކުފާނަށް ވޯޓު ވަނީ އިތުރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެންމެ ފޯރިގަދަ ކެމްޕޭނެއް ކުރަމުންދާ މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑީގެ ވާދަވެރިކަން ބޮޑުގެ އެންޓިކެމްޕެއިންގެ ރޫޙެއްވެސް ކެމްޕެއިންގެ ތެރެއިން މިހާރު ވަނީ އުފެދިފައެވެ. އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، މަދު ބަޔަކު އެންޓި ކެމްޕޭން ކުރުމުން ގިނަ ބައެއްގެ ޙަމްދަރުދީގެ ވޯޓު ޑރ. މުޢިއްޒަށް ލިބޭނެކަމަށް ބެލެވޭ ކަމަށެވެ. އަދި އެންޓި ކެމްޕޭން ކުރުމަކީ ތަހުޒީބަށް ލޯބިކުރާ ގިނަ ބަޔަކު ބަލައިގަންނާނެ ކަމެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ މަޖިލިސް ގިނަ މެންބަރުން މިފަހަކަށް އައިސް މަޖިލިސް ތަޅުމުން ލިބިވަޑައިގަންނަވާ ފުރުސަތު ތައްވެސް ބޭނުން ކުރަށްވަނީ ޑރ. މުޢިއްޒާ ދެކޮޅަށް އެންޓި ކެމްޕޭން ކުރެއްވުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމަކީ މުޢިއްޒަށް ޖަވާބުދާރީވާން ވެސް އަދި ރައްދު ދެއްވަން ވެސް ފުރުސަތު ލިބިވަޑައިގަންނަވާ ޕްލެޓްފޯމެއް ނޫންކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.



ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި އެންޓި ކެމްޕޭން ކުރާކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު އިއްޔެ ވަނީ ޑރ. މުޢިއްޒުގެ ކެމްޕޭން ބެނާއެއް ސޯޝަލް މީޑިއާގައި ޙިއްސާ ކުރަށްވާފައެވެ. ރައީސް ނަޝީދު ޙިއްސާކުރެއްވި ބެނާގައި ވަނީ "ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ކުރެވިފައިވާ ހިތްފަސޭހަ އަމާން މަގުތައް،" މިގޮތަށް ލިޔެފައެވެ. ނަމަވެސް އެ ބެނާއާއެކު ރައީސް ނަޝީދު ހިއްސާ ކުރަށްވާފައިވާ ފޮޓޯއަކީ އޭރު މާލޭގައި ހަދަމުންދިޔަ އިމާރާތްތަކެއްގެ ޑީވޯޓަރިންނަށް މާލޭގެ މަގެއްގެ މަތީގައި އަޅާފައިވާ ފަލަ ހޮޅިތަކެއް ފެންނަ ފޮޓޯއެކެވެ. ރައީސް ނަޝީދު މީގެކުރިން ޑރ. މުޢިއްޒު ސިފަ ކުރަށްވާފައިވަނީ ހޮޅި މުޢިއްޒުގެ ގޮތުގައެވެ.

ކޯވިޑް-19 ގެ ސަބަބުން އަހަރެއްހާ ދުވަހަށް ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބު މިމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު މިފަހަރު އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި ކެމްޕޭނެއް ކުރަމުންދަނީ މާލޭގެ މޭޔަރ ކަމުގެ ގޮނޑިއަށެވެ. ޕީޕީއެމްގެ ފަރާތުން ޑރ. މުޢިއްޒު އެގޮނޑިއަށް ވާދަކުރަށްވާއިރު، އެމްޑީޕީގެ ފަރާތުން އެގޮނޑިއަށް ވާދަ ކުރަށްވަނީ އަނަސް އަބްދުއްސައްތާރެވެ. އަދި އަމިއްލަ ގޮތުން އަލްހާން ފަހުމީވެސް މޭޔަރު ކަމުގެ ގޮނޑިއަށް ވާދަކުރަށްވައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން