67 ވަނަ ބައި
.................
[މިކައިވެނީގެ ވާހަކަ އަހަރެން ދެއްކީވެސް ހަމަ އޭނާގެ ބުނުމުގެ މަތިންނެވެ. އަދި ރަމްލާ އެކަމާ އެއްބަސް ނުވުމުން އޭނާ ދެވަނަ ރޭވުމެއް ރޭވީއެވެ. އަހަރެން ލައްވާ ރަމްލާއަށް ފޯނުކުރުވީއެވެ. އެއަށްފަހު އަހަރެން ގެއިން ބޭރަށް ފޮނުވީއެވެ.
އެދުވަހު އަހަރެންގެ ޟަމީރު އަހަންނަށް ވަރަށް އަނިޔާކުރިއެވެ. އެދުވަހު ރަމްލާ ގެއިން ނުނިކުންނާނެ ނަމައޭ އަހަރެންގެ ހިތަށް ކިތަންމެ ފަހަރަކު އެރިއެވެ. އަދި އައި މަގުމަތީގައި އެކްސިޑެންޓެއްވެގެން ނަމަވެސް މަގުބަންދުވާނެ ނަމައޭ ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އޭރުން ޔާދިރުއާ ހަމައަށް ރަމްލާއަކަށް ނާދެވުނީހެވެ.... ޔާދިރު ކޮޓަރީގައި ކެމެރާއެއް ހަރުކޮށްފައި ހުއްޓެވެ. އެތާނގައި ޓޭޕް ރެކޯޑަރުވެސް ތައްޔާރަށް ހުރެއެވެ. އޭނާ ބުލެކްމެއިލް ކުރުމުގެ ހުރިހާ އުކުޅެއް ދަނެއެވެ. ވަރަށް ނުލަފާ އިންސާނެކެވެ....] ހަމަ މިވަގުތު ރިސީވަރު ބާއްވާފައި ސަޖިދައަށް ތިރިވެދާނަމޭ ރަމްލާގެ ހިތަށް އެރިއެވެ. އެފަދަ ނުބައިނުލަފާ އިންސާނެއްގެ އަތްދަށުން ސަލާމަތް ވެވުނީތީއެވެ.
ރަމްލާއެވެ....] ޖައްޔިދާ އަނެއްކާވެސް ބުންޏެވެ. [ރަމްލާ ޤަބޫލުކުރާނެ ކަމެއްވެސް ނޭނގެއެވެ. އަހަންނަށް ކެތްނުކުރެވިގެން އައިސް ގެއަށްވަންއިރު ރަމްލާ ނުކުމެގެން ހިނގައްޖެއެވެ. އަހަންނަށް ރޫޙާނީ އުފާވެރިކަމެއް ލިބުނެވެ. އެތައް އަންހެން ކުދިންނެއް އަހަރެމެން ބަރުބާދު ކޮށްލީމުއެވެ. އެކަމަކު ރަމްލާ ސަލާމަތްވެގެން ދިއުމުން އަހަރެންވީ އުފަލެވެ. އޭނާގެ މަޅީގައި ރަމްލާ ޖެހުނުނަމަ އެއްވެސް ފަރާތަކުން އަހަންނަކަށް މާފެއް ނުލިބޭނެ ކަންނޭނގެއެވެ.... ފަހުންވީ ކިހިނެއްތޯ ސުވާލުނުކުރާށެވެ. ޔާދިރަށް ލިބުނު ނާކާމިޔާބާމެދު އޭނާއަށް ކެތެއް ނުކުރެވުނެވެ. އަހަރެން އޭނާއަށް ވަރަށް ވިސްނާދިނީމެވެ. ރަމްލާގެ މަތިން ހަނދާން ނައްތާލުމަށް އެދި ކިތަންމެ ފަހަރަކު ވާހަކަދެއްކީމެވެ. އެކަމަކުވެސް އޭނާ ބުނެފައި އޮތީ ރަމްލާގެ ދުވަސް ދުއްވާލާފައި ނޫނީ ހުއްޓާނުލާނޭ ކަމުގައެވެ.]
ރަމްލާ ބިރުން ރޫރޫއަޅައި ގަތެވެ. ބޮލަށް އެނބުރުން އަރައިގަތެވެ. މޫނު މައްޗަށް އަނދިރިވެގެން ދިޔައެވެ.
އެތައް އިރަކަށްފަހު ރަމްލާ ހަމައަކަށް އެޅިލާފައި ބުންޏެވެ.
[ޖައްޔިދާއެވެ.....! ޖައްޔިދާއެވެ.......!]
[މިހާރު ދެން އެއްޗެކޭ ބުނުމުގެ ބޭނުމެއްނެތެވެ.] ޖައްޔިދާ ބުންޏެވެ. [ފުރަތަމަ އަހަރެންވެސް ރަމްލާދެކެ ރުޅިއައިމެވެ. އެކަމަކު ހަމަ ކުއްލިއަކަށް ރޭގައި ހުރިހާ ވާހަކައެއް ރަމްލާއަށް ކިޔާދިނުމަށް ހިތަށް އެރީއެވެ. މާތްރަސްކަލާނގެ ރަމްލާ ސަލާމަތް ކުރެއްވި ކަމަށްޓަކައެވެ. ރަމްލާއާއިމެދު އިރާދަ ކުރައްވާފައިވަނީ ކޮންމެވެސް ޚާއްޞަގޮތެކެވެ. އަހަންނަށް ހީވަނީ ރަމްލާއަކީ އެކަލާނގެ ރުހިވޮޑިގެންވާ މީހުންގެ ތެރެއިން މީހެއް ހެންނެވެ. އަހަރެން ހުރިހާ ވާހަކައެއް ސާފުކޮށް ކިޔާ މިދިނީ އެހެންވެގެންނެވެ.....]
ރަމްލާއަށް އެކައްޗެކޭވެސް ނުބުނެވުނެވެ. މަންމަ ކުރިމަތީގައި އިނެވެ.
ޖައްޔިދާ އަނެއްކާވެސް ބުންޏެވެ.
[ރަމްލާއެވެ! ރޭގައި ރަމްލާގެ ފިރިމީހާ މިގެއަށް އައިކަމެއް ރަމްލާއަކަށް ނޭނގޭނެއެވެ.]
[ކީކޭ ހެއްޔެވެ....؟] ރަމްލާގެ އަނގައިން ޙައިރާންކަމުގެ އަޑު ނުކުތެވެ.
[ފުރަތަމަ ހުރިހާ ވާހަކައެއް އަޑުއަހާށެވެ. ރޭގެ ދިހައެއްޖެހުމާ ކައިރިވެފައި ވަނިކޮށް ބޭރުން ރަނގަބީލު ވެއްޖެއެވެ. އަހަރެން ދޮރުހުޅުވާލިއިރު ބޭރުގައި މުޢާޒު ހުއްޓެވެ. އޭނާ މައިތިރި ކަމާއެކު ހިމޭން އަޑަކުން ހަމައެކަނި ޔާދިރު ކޮބައިތޯ އެހިއެވެ. އެއާއެކު ޔާދިރު ކޮޓަރީގައި އެބައުޅެއޭ އަހަރެން ބުނީމެވެ. އޭނާ ބައްދަލުކުރުމަށް އެދުނެވެ. އެކަމަކު ވާހަކަ ދެއްކުމުގައި އެއްވެސް ކަހަލަ މަޖާކަމެއްނެތެވެ. އޭނާގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ޔާދިރު އެނދުގައި އޮތެވެ. އޭނާ ޔާދިރުގެ ގިރުވާނުގައި ހިފާކޮޅަށް ނަގައިފިއެވެ. ދެން ގޮށްމުށުގެ އެތިފަހަރު ތަކެއް އޭނާގެ މޫނު މައްޗަށް ބާލަން ފަށައިފިއެވެ. ޔާދިރު ހުރީ މިފަދަ ކުއްލި ޙަމަލާއަކަށް ތައްޔާރުވެގެނެއް ނޫނެވެ. އެހެންނޫނަސް މިކަހަލަ ނުބައި ނުލަފާ މަކަރުވެރި މީހުންނަކީ އެއްވެސް ބާރެއް ހުންނަ ބައެއްނޫނެވެ. ގޮށްމުށުގެ އެތިފަހަރު ތަކަށްފަހު އަމުރުވެރި ރާގެއްގައި މުޢާޒު ބުންޏެވެ.
[އަހަރެންގެ އަންހެނުންގެ ދޯޕައްޓާ ދޭށެވެ. އަހަރެން ދެކޭ ގޮތުގައި މިވަރުން މިއަދު ކަލެއަށް ފުދޭނެއެވެ.]
ޔާދިރު އަލަމާރިން ދޯޕައްޓާ ނެރެ އޭނާގެ އަތަށް ދީފިއެވެ. މުޢާޒު ދޯޕައްޓާ ޖަހައިގެންފައި ހަޅޭއްލަވައިގަތެވެ.
[ރަމްލާއަކީ ގޮތްހުރި ފިރިހެނެއްގެ އަންބެކެވެ. ކަލޭ ހީކުރީ މިރޭވުމުގެ ސަބަބުން އަހަރެން އޭނާއާމެދު ނުބައިހީ ކޮށްފާނެ ކަމުގައި ހެއްޔެވެ؟ އަދި އޭނާ ކަލޭގެ އަސީރަކަށް ވެދާނޭ ކަމުގައި ހެއްޔެވެ. އެހެންވިއްޔާ އެއީ ކުށް ޚިޔާލެކެވެ. އަހަރެން ކަލޭ ފުލުހުންނާ ޙަވާލުވެސް ކޮށްފާނަމެވެ. ކަލޭ ކަހަލަ މީހުންނަށް އަހުވަ ދައްކަން އަހަރެން ދަންނަމެވެ. އެކަމަކު އެހެން ހެދުމުން ކަލޭގެ ނަމާއެކު އަހަރެންގެ އަންހެނުންގެ ނަންވެސް ބަދުނާމުވެދާނެތީ މިއަނިޔާއިން އޭނާ ސަލާމަތް ކުރުމަށްޓަކާ ޚުދު އަހަރެން މިއައީއެވެ. މިއަދަށް ފަހުގައި ކަލޭގެ ދުލުން އަހަރެންގެ އަންހެނުންގެ ނަންވެސް ނުބުނާނެ ކަމުގައި އުއްމީދު ކުރަމެވެ. އަދި ފޯނުވެސްނުކުރާނެކަމުގައި ހީކުރަމެވެ. ކަލެއަށް އެންމެ ރަނގުޅުވާނީ މިޝަހަރު ދޫކޮށް އެހެންތަނަކަށް ދިއުމެވެ. އެހެންނޫނީ ނުބައި ނަތީޖާގެ ޒިންމާދާރަކަށް ވާނީ ޚުދު ކަލެއެވެ.]
މިހެން ބުނެފައި އޭނާ މަތިހަށި ނަގައިގެންހުރެ ބޭރަށް ނުކުމުގެން ހިނގައްޖެއެވެ.
ދުނިޔޭގައި ހުރި އެންމެ ގަދަފަދަމީހާ ފަދައިންނެވެ. އޭނާގެ ފިޔަވަޅުގެ އަޑު އެތައް އިރެއްވަންދެން އަހަންނަށް އިވިއިވި ހުއްޓެވެ. ޔާދިރު ދަތް ދޮޅީގައި ހިފަހައްޓައިގެން އިށީނދެއްޖެއެވެ. އަހަރެން ދޮރު ކައިރީގައި އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެއްޖައިމެވެ.
ޖައްޔިދާ ރޯން ފަށައިފިއެވެ.
[ރަމްލާއެވެ. އަހަރެން ރަމްލާދެކެ ޙަސަދަވެރިވީމެވެ. އަހަރެންގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް މާތް ފިރިހެނުންނަކީ ކޮންކަހަލަ ބައެއްކަން އެނގުނެވެ. ތެދެކެވެ. މުޢާޒަކީ އެތެރެ ރަނގަޅު މާތް އަޚްލާޤެއްގެ ވެރިއެކެވެ. އެކަމަކު ބޭރުފުށުން ކިހާ ހުތުރު މަކްރޫހަ އިންސާނެއް ހެއްޔެވެ.]
ޖައްޔިދާގެ ކަރުނަ އޮހޮރެމުން ދިޔައެވެ. އޭނާ ހުއްޓަ ހުއްޓާފައި ބުނަމުން ދިޔައެވެ. ރަމްލާގެ އަތް ތުރުތުރު އަޅަމުން ދިޔައެވެ. އޭނާގެ ތުންފަތް ރޫރޫ އަޅައެވެ.... އެކަމަކު އޭނާ ތުންފަތް ހަފަހަފާފައި ކަރުނަ ހިފަހައްޓަމުން ދިޔައެވެ.
[އަހަރެން ރޭގަނޑު ހަތަރުދަމު ރޮމެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އާދޭސް ދަންނަވަމެވެ. މާތް ރަސްކަލާކޯއެވެ! އަޅާގެ ފިރިމީހާގެ ދެލޯ އަނދިރިވެ ފައިކޮރު ކުރައްވާނދޭވެ! އޭރުން އަޅާގެ އަބުރު ސަލާމަތްވެ ކާއެއްޗެތި ޙަލާލުވީހެވެ.]
ޖައްޔިދާ ގިސްލަ ގިސްލާފައި ރޯންފަށައިފިއެވެ.
މިހާރު ރަމްލާއަށް ކެތްކުރެވެނީ އެއްނޫނެވެ. އޭނާގެ ހިތް ގެނބެން ތައްޔާރު ވެއްޖެއެވެ. މަޢޫޒު ކުޅެން ހުރެފައި އައިސް ފޯނު ވާގަނޑުގައި ހިފާ ދަމައިގަތެވެ.
[ރަމޫއެވެ!]
ޖައްޔިދާ ރަނގަޅަށް ރޮއިފައި ބުންޏެވެ. އަހަންނަކަށް ދެން ރަމްލާއާ ބައްދަލުކުރެވޭނެ ކަމެއް ނޭނގެއެވެ. ފޯނުވެސް ނުކުރެވޭނެއެވެ. އެއީ ޔާދިރު ޝަހަރުދޫކޮށް ދާން އުޅޭހެން ހީވާތީއެވެ. އޭނާ ކުރިންވެސް އޮތީ އެމެރިކާއަށްގޮސް އެތަނުގައި ވަޒަންވެރިވެގެން އުޅޭ ވާހަކަ ދައްކާފައެވެ. އެކަމަކު އަހަރެންގެ ޢިބްރަތްތެރި ޙަޔާތާއިމެދު ހަނދާން ބަހައްޓާށެވެ. މިކަހަލަ ކަންތައްތަކުގެ ހުވަފެންތައް ދެކެމުންދާ އަންހެން ކުދިންގެ ނިމުން ވަރަށްބިރުވެރި ވާނެއެވެ......... އަދި މުޢާޒު ފަދަ ފިރިން......]
މަޢޫޒު ކުއްލިއަކަށް ވާގަނޑުގައި ހިފާދަމައި ގަތެވެ. ފޯނު ކެނޑިއްޖެއެވެ. އަދި ޖައްޔިދާގެ އަޑުވެސް ކެނޑިއްޖެއެވެ. ރަމްލާ އިތުރަށް އަޑުއަހާކަށްވެސް ބޭނުމެއް ނުވެއެވެ. އޭނާއަށް އިތުރަށް އަހަހާ ހިތްވަރެއްނެތެވެ. އޭނާގެ އެތެރެހަށީގައި ވަނީ އަޖައިބެއްފަދަ ޠޫފާނެއް އުފެދިފައެވެ.
ވަރަށް އުނދަގުލުން އޭނާ ތެދުވެއްޖެއެވެ. އަދި ދެމެމުން ކަހަލަ ގޮތަކަށް އައިސް ޑަންލާފައި އެނދުމައްޗަށް ވެއްޓިގަތެވެ. ހިތްހަމައިން ނެއްޓެނީއެވެ. އޭނާ އެއްއަތް ބަނޑު މަތީގައި ބާއްވައިގެން އަނެއް އަތް ލޯމަތީގައި ބޭއްވިއެވެ.
ހަމަ އެވަގުތު މައިދައިތަ އެތެރެއަށް އަތުވެއްޖެއެވެ. ވަރަށް ފިކުރުވެރި ކަމާއެކު އޭނާއައިސް ރަމްލާގެ ބޯލާކޮޅާ ދިމާއަށް ހުއްޓިއްޖެއެވެ.
ރަމްލާއަށް ހިޔަންޏެއް ވީހެއް ހީވުމުން ކުއްލިއަކަށް ލޯމަތީގައި އޮތް އަތްނަގައިފިއެވެ. އަދި މައިދައިތަ ފެނިފައި ސިހިއްޖެއެވެ.
[ދަރިފުޅާއެވެ. ކިހިނެއްވީ ހެއްޔެވެ؟]
[ކަމެއް ނުވެއެވެ.....] ރަމްލާ ތެދުވަމުން ބުންޏެވެ.
[މިއަދު ޖައްޔިދާ ހާދަ ވާހަކައެއް ދައްކައިފިއެވެ. އެހާ އިރުވަންދެން ކޮޅަށް އިނީ ކީއްކުރަން ހެއްޔެވެ.]
ރަމްލާ އަނެއްކާވެސް އޮށޯވެއްޖެއެވެ.
[އޭނާ ދައްކަން ފެށި ވާހަކައަކުންނެވެ.] މިހެން ބުނެފައި ޚުދް އޭނާ ޖެހިލުން ވެއްޖެއެވެ.
[އެއީ އަނެއްކާ ކޮން ވާހަކައެއް ހެއްޔެވެ؟] އޭނާގެ އަޑުގައި ހުރީ ނުރުހުމުގެ ރާގެވެ.
[އެއީ..... އެއީ.....] ރަމްލާ ހަމަވަގުތުން ވާހަކަ ހަދާލިއެވެ. [ޖައްޔިދާއަކީ ވަރަށް ނަސީބުދެރަ ކުއްޖެކެވެ. މިއަދު އޭނާގެ ކައިވެނީގެ ހުރިހާ ވާހަކައެއް ކިޔައިދީފިއެވެ. އޭނާގެ ފިރިމީހާއަކީ ވަރަށް ނުލަފާ މީހެކެވެ. އެވާހަކަ ދައްކާފައި އެފަކީރު ވަރަށްރުޔެވެ. މަންމާއެވެ. ބުނާނީ ކީކޭތޯއެވެ. މިވަގުތު އަޅުގަނޑުގެ ޠަބީޢަތު ރަނގަޅެއް ނޫނެވެ. އޭނާގެ ވާހަކައިން އަޅުގަނޑުވެސް ރޮއްވައިފިއެވެ.]
[އާނއެކެވެ.... އަހަންނަށް ޖައްޔިދާގެ ފިރިމީހާ ފެނުނު ދުވަހުވެސް މުޅިން އެހެންގޮތެއްހެން ހީވިއެވެ. އެކަމަކު ކަލޭމެން ޒުވާން ކުދިންގެ ހިތްކަޅުވެދާނެތީ އަހަރެން އެއްޗެކޭ ނުބުނީއެވެ. ޖައްޔިދާ ގެއަށް ގެނެސްގެން ހިތްހަމަޖައްސާ ދެވޭތޯ ބަލަންވީ ނޫން ހެއްޔެވެ.]
[ނޫނެކެވެ. މަންމާއެވެ. އެއީ ބައްދަލުކޮށް އުޅެން އެކަށީގެންވާ ވަރުގެ ބައެއް ނޫނެވެ.]
އަނެއްކާވެސް ބުންޏެވެ.
[ދެމަފިރިއެއްގެ ދެމެދުގައި ހިންގާ އަރާރުން ގަނޑެއްގެ ތެރެއަށް އަޅުގަނޑުމެން ވަންނަންވީ ކީއްކުރަންތޯއެވެ. އޭނާގެ ނަސީބު..........]
[އާނއެކެވެ. އެފަކީރަކީ ވަރަށް ނަސީބުދެރަ ކުއްޖެކެވެ. މައިންބަފައިންނަށް ހުރިހާ އެއްޗެއް ދެވިދާނެއެވެ. އަންހެން ކުއްޖަކަށް ނަސީބެއް ނުދެވޭނެއެވެ.....]
މަންމަ ހިތާމަވެރިވެފައި ދިއުމަށްޓަކާ އެނބުރިލިއެވެ. އެކަމަކު ހުއްޓިފައި ބުންޏެވެ. [ދަރިފުޅުގެ ގައިގެ ކުލަ ރީނދޫވަމުން ދަނީ ނޫން ހެއްޔެވެ. ހޫނު ކަރިތައްޓެއް ގެނެސްދެން ހެއްޔެވެ.
[ލައްބައެވެ!]
ރަމްލާ ބޭނުންވަނީ އެކަނިވެރިކަމެވެ. މުޅިން ވަކިން އެކަނި އޮތުމަށެވެ.
މައިދައިތަ ހޫނު ކިރުތަށްޓެއް ގެނެސްދީފިއެވެ. އަދި ރަމްލާގެ ކައިރީގައި ތަށިބަހައްޓާފައި ނުކުމުގެން ހިނގައްޖެއެވެ. އިރުކޮޅަކު އޮވެލާފައި ރަމްލާ ތެދުވެއްޖެއެވެ. މަޑުމަޑުން ހިނގާފައި އަލަމާރި ކައިރިއަށް ހިނގައްޖެއެވެ. ތެޅިތެޅި އޮތް ހިތަކާއިގެން އަލަމާރި ހުޅުވާލައިފިއެވެ. ހަމަ ކުރިމަތީގައި ރަތްމާޖެހި ދޯޕައްޓާ އޮތެވެ. އެއާއިއެކު ޖައްޔިދާގެ ހުރިހާ ވާހަކައެއް އޭނާއަށް ތެދު ކުރެވިއްޖެއެވެ.
މުޢާޒު އޭނާގެ ގާތުގައި އެއްވެސް ވާހަކައެއް ނުދައްކައެވެ. އަނެއްކޮޅުން މުޢާޒަށް އެނގޭއެއްޗަކީ ފޯނުނެގުމާއިއެކު ރަމްލާ ހޭނެތޭ ކަމެވެ.
މިއަދު ރަމްލާ ލަދުގަތްވަރުން ބިންގަނޑު ފަޅާލާފައި ވަދެދާނެމޭ ހިތަށް އެރިއެވެ.
* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 203 އިން 205 ހަމައަށެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު