އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް
އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް
ބަޔަކު ޝުކުރުވެރިވާ ވަރަށް މިސަރުކާރުން ތަރައްޤީގެ ބިޔަ މަޝްރޫއުތައް އެބަ ހިންގާ ކަމަށް ވިދާޅުވެ އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ސަރުކާރާ ދެކޮޅަށް ބޭނުންކުރަމުންދާ ހަތިޔާރަކީ ރައީސް ޔާމީންގެ ސަރުކާރުން މާލޭ ސަރަޙައްދުގައި ބިނާކޮށްފައިވާ އުސް ޢިމާރާތްތަކާއި، ހުޅުމާލެއާ މާލެ ގުޅާލާ ބްރިޖެވެ. އަދި އެފަދަ ތަރައްޤީގެ ބިޔަ މަޝްރޫޢުއެއް މިސަރުކާރަށް ހިންގަން ނޭންގޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަފާ ނަސީމް ވިދާޅުވީ، ބަޔަކު ޝުކުރުވެރިވާ ވަރަށް މިސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ބިޔަ މަޝްރޫއުތައް އެބަ ހިންގާ ކަމަށާއި، ބައެއް ފަރާތްތަކުން ސަރުކާރުގެ ތެރޭގައި ތިއްބެވިއިރު ސަރުކާރުން ހިންގި ޕްރޮޖެކްޓްތައް ފެނުނު ނަމަވެސް މިހާރު ސަރުކާރުން ބޭރުކުރުމުން އެ ޕްރޮޖެކްޓްތައް އެބޭފުޅުންނަށް ނުފެންނަ ކަމަށެވެ.

ނަފާ ނަސީމް ވިދާޅުވީ، ނޭނގިގެންއުޅޭ މީހަކަށް ކިތަންމެ ވަރަށް ކިޔައިދިނަސް އެކަމެއް އެނގުނު ކަމަށް ނުހަދާނެ ކަމަށެވެ.



ސިޔާސީ އަވައިގައި ޖެހުމުން ކޮންމެ މީހަކުވެސް ވާހަކަދައްކަނީ އަމިއްލަ އެދުމަށް ކަމަށް ވިދާޅުވެ ނަފާ ނަސީމް ވަނީ ސިޔާސީ ފަރާތްތަކަށްވެސް ފާޑުވިދާޅުވެފައެވެ. އަދި ކޮންމެ ސަރުކާރަކުން ވެސް ރަގަޅުކަމެއް ކުރިއްޔާ ވާނީ ރަގަޅު ކަމަކަށް ކަމަށާއި، އެހެން ނަމަވެސް ނުރުހުމުގެ ލޮލަށް ފެންނާނީ އައިބު ކަމަށް ނަފާ ނަސީމް މިއަދު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ސިޔާސީ މާޙައުލަށް މިސާލު ޖައްސަވަމުން ނަސީމް ވިދާޅުވީ، މެޗު ކުޅޭއިރު ދަނޑުން ބޭރުގައި ހުރެގެން ކޯޗަށް ކނށ ބތޔށ ގޮވައި ބެވުމަކީ ވެސް އޮންނަ ކަމެއް ކަމަށެވެ. އަދި ރާއްޖެއިން ފެންނަނީ އެ މަންޒަރުކަމަށާއި، ބަޔަކު ރަނގަޅަށް ބަލައިފިނަމަ ސަރުކާރުން ހިންގާ ތަރައްޤީގެ ޕްރޮޖެކްޓްތައް ފެންނާނެ ކަމަށް ނަފާ ނަސީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން