މާލީ ވަޒީރު އިބްރާހިމް އަމީރު
މާލީ ވަޒީރު އިބްރާހިމް އަމީރު
މުސާރަ ކުޑަކުރާނެ އުސޫލުތައް ހިމަނައިގެން މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑެއް އެކުލަވާލުމަށް ސަރުކާރުގެ ކުންފުނިތަކަށް މާލީ ވަޒީރު އިބްރާހިމް އަމީރު އަންގަވައިފިއެވެ.

ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް މާލީ ވަޒީރު މިއަދު ފޮނުއްވި ސާކިއުލާގައި ވިދާޅުވެފައި ވަނީ، ކޮންމެ ކުންފުންޏަކުން ވެސް މުސާރަ ކުޑަކުރާނެ އުސޫލުތައް ހިމަނައިގެން މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑެއް އަންނަ މަހުގެ ފަހެއްގެ ކުރިން އެ ވުޒާރާއަށް ފޮނުވުމަށެވެ.

އާ އޮނިގަނޑު އެކުލަވާލާއިރު ގެންގުޅެންވީ އުސޫލުތަކުގެ ގޮތުގައި ބުނެފައިވަނީ 15،000 ރުފިޔާއަށް ވުރެ ދަށުން މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުކުރުމަށާއި އެންމެ ބޮޑު މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން ބޮޑަށް އުނިކުރުމަށެވެ. ނަމަވެސް، މުސާރަ ކުޑަކުރި ނަމަވެސް ބޮޑު މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ އެހެން މުވައްޒަފުންނަށް ވުރެ ބޮޑުވާންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މާލީ ވުޒާރާއިން ބުނެފައިވަނީ ކޯވިޑް-19ގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރުތަކާ ގުޅިގެން ކުންފުނިތަކުގެ ކޭޝްފްލޯއަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އިގްތިސާދީ ހާލަތު އާންމު ހާލަތަކަށް އަންނަންދެން ކުންފުނިތަކުގެ ހަރަދު ކުޑަކުރަން މަޖުބޫރުވެފައިވާ ކަމަށް ވެސް ސާކިއުލާގައި ވެއެވެ. މީގެކުރިން ވެސް މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ކޭޝްފްލޯ ދަށްވެ، ވޯކިން ކެޕިޓަލްއަށް ސަރުކާރަށް ވަނީ ބަރޯސާވާން ޖެހިފަ އެވެ.

މީގެ އިތުރުން އާ އޮނިގަނޑަށް ކޮންމެ ކުންފުންޏަކުން ވެސް އަމަލު ކުރަން ޖެހޭނީ، އާ އޮނިގަނޑު މާލީ ވުޒާރާއަށް ހުށަހަޅާ އެކަމަށް އެޕްރޫވަލް ލިބުމުން ކަމަށާއި، އަދި އެޕްރޫވަލް ލިބެންދެން މިހާރުގެ އޮނިގަނޑަށް އަމަލު ކުރަމުން ދިޔުމަށް ވެސް މާލީ ވުޒާރާގެ ސަރކިއުލާގައި ވަނީ އިރުޝާދު ދީފައެވެ.

ރާއްޖޭގައި މިހާރު ސަރުކާރު ހިއްސާވާ 32 ކުންފުނި އޮވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ކިނބިހި

01-May-2020

އިންގިރޭސިވިލާތަށް ވުރެން މުސާރަ ބޮޑު.. މިފައިސާ މިހޯދަނީ ދަރަޏަށް ނަގައިގެން.. ޓީ.ބިލް ވިއްކުމަކީ ދަރަނި ނެގުން.. ހެޔޮނުވާނެ ލޯންނަގައިގެން މިހާބޮޑު މުސާރަ ދޭކަށް.. އެހެން ނޫނަސް މިތަނަކީ އެއްވެސް މަންފާއެއް ކުރާތަނެއް ނޫން އެކަކު އަނެކަށް ޢީބަ ބުނުމާއި ހަޑިއެއްޗެއްހި ކިއުން ނޫންނަމަ، އަޅުގަނޑަށް ފެންނަގޮތް ކިއުން އެގޮތަކީ އިންސާނުންނަށް ގަބޫލުނުކުރެވޭ ފަދަ ގޮތެއްވިޔަސް ހެޔޮ އެއްވެސް ތަނެއް ދޮރެއް ނުދަންނަ ނުކިޔަވާ ތިބި ބީހުންގެ 90% އޮތްތަނަކުން ނެރޭ ގާނޫނުގެ އޮށްޓަރާއި މެދުގައި ސުވާލެއް ނުކުރަން.. ހަމަވާނީވެސް އެހެން އަނެއްކަމަކީ ކެއުމުގެ ނަމުގަިއ އެކުރާ ބޮޑު ޚަރަދު މިވެސް ހުއްޓާލަން ޖެހޭ ކަމެއް.. ދައުލަތުގެ އެހެން އޮފީސްތަކުގައިވެސް ކެއުމެއް ނުދޭ.. އަމުދުން މިފަދަ ކޮސްގޮވާ ގެއަކަށް ކާންދޭނީވެސް ކޮހުންދޯ.



ޓްރެންޑިން