އަހުމަދު ޝާހް   10 އޭޕްރީލު 2021 - 2:42
ފުލުހުންގެ ލީޑަރޝިޕް
ފުލުހުންގެ ލީޑަރޝިޕް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، "ޕޮލިސް ބޯޑު" އެކުލަވައިލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އެކުލަވާލައްވާފައި ވަނީ މިއަދުއެވެ.

ޕޮލިސް ބޯޑް އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. މިބޯޑަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަން ޖެހޭ ބޯޑެއްގެ ގޮތުގައި ގާނޫނުގައި އޮތްއިރު ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުންނެވެ.

ރައީސުލް ޖުމްހޫރިއްޔާ ޕޮލިސްބޯޑް އެކުލަވާލައްވާފައިވާއިރު އެބޯޑުގައި ހިމެނިވަޑައިގަންނަވަނީ އަލްފާޟިލް އަޙްމަދު ފަޔާޟް ޙަސަން، މ.ހަޒާރީވިލާ އާއި، އަލްފާޟިލާ ޢާއިޝަތު ނޫރާ މުޙައްމަދު، ހ.ނޫމުތީ އާއި، އަލްފާޟިލް ޢަލީ ފާއިޒު، މއ.މަނާގެ އާއި، އަލްފާޟިލް އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން އަދި އަލްފާޟިލް އާދަމް އިބްރާހީމް، ގ.ޑިމްލައިޓް އެވެ. އަދި ޢާއްމުންގެ ފަރާތުން ބޯޑުގައި ތިއްބެވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަށްވާފައިވާ އަލްފާޟިލް ޙާމިދު ޢަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ އާއި، އަލްއުސްތާޛާ ޞަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ ވެސް ވަނީ ބޯޑަށް ޢައްޔަން ކުރަށްވާފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ މުޢައްސަސާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.

އައު ގާނޫނު ބުނާ ގޮތުން ގާނޫނަށް އަަމަލު ކުރާއިރު ތިބި ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް އެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުން ބަލައި އެ މީހުން މަގާމުގައި ބޭތިއްބުމާ މެދު ގޮތެއް ނިންމަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

oxypofe

21-Apr-2022

Derived from Latin corneus meaning horny perhaps because as it protrudes outward it was thought to resemble a horn. Spjyss https://bestadalafil.com/ - buy cialis usa Svmoyn <a href="https://bestadalafil.com/">Cialis</a> Wisdry Viagra Kaufen Niederlande compra de viagra en barcelona https://bestadalafil.com/ - Cialis pill cutter cialis Kvvtgk



ޓްރެންޑިން