ޕްރޮފެސަރ ޙަސަން އުގައިލް
ޕްރޮފެސަރ ޙަސަން އުގައިލް
ޤައުމު އަތުން ބީވެދާތަން ދެކެން ދިވެހިން ނުތިބޭނެ ކަމަށް ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ރާއްޖޭގެ ބޮޑެތި ސިޓީތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީއާއި ގުޅިގެން ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ފަހުބަސް އިއްވުމުގެ ފުރުސަތު ރައްޔިތު މީހާއަށް އޮންނާނެ ކަމަށެވެ. އަދި އެއީ އީސާ އަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ ފައްސަތޭކަ އަށް އަހަރު ކުރިން ގްރީކް ވިލާތުގެ އެތެންސުން އުފަންވި ޑިމޮކްރަސީގެ ފައްކާ ނިޒާމުގެ މައިގަނޑު ތަނބުތަކުގެ ތެރެއިން އެއް ތަނބު ކަމަށް އުގައިލް ވިދާޅުވިއެވެ.

އެމްޑީޕީގެ ނާކާމިޔާބީއަށް މެދުވެރިވި ސަބަބުތަކަށް އިޝާރާތް ކުރަށްވަމުން ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވީ، އެއްއިރެއްގައި ކަނޑުގެ ބާޒުގެ ނަމުން ނަން ހިނގި މަޝްހޫރު ލަޝްކަރާ ދެކޮޅަށް ތެދުވަންވެސް ދިވެހިން ފަސްޖެހިފައި ނުވާ ކަމަށެވެ. އެކަމުން އެނގިގެން ދަނީ ދިވެހިން ދިވެހިޤައުމުގެ ދިފާޢުގައި އަބަދުވެސް ތެދުވާނެކަން ކަމަށާއި، ޤައުމު އަތުން ބީވެދިއުމަށް ދިވެހިން ފުރުސަތު ނުދޭނެ ކަމަށް އުގައިލް ވިދާޅުވިއެވެ.

"އަދިވެސް ޤައުމު އަތުން ބީވެ ދާތަން ދެކެން ދިވެހިން ނުތިބޭނެ. އެފަދަ ކޮންމެ ކަމަކާއި ދެކޮޅަށް ދިވެހިން ތެދުވާނެ." ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލެ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުންގެ މަޤާމަށް ވަނީ ބޭފުޅުން އިންތިޚާބުކޮށްފައެވެ. މީގެތެރެއިން މާލެ ސިޓީ ކައުންސިލް ފިޔަވައި އެހެން ކައުންސިލްތަކުގެ މެޖޯރިޓީއާއި މޭޔަރުގެ މަޤާމް ލިބުނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށެވެ.

އެގޮތުން މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ހޮވިވަޑައިގެންނެވިއިރު، އައްޑޫ ސިޓީގެ މޭޔަރުކަމަށް އަލީ ނިޒާރު، ފުވައްމުލައް ސިޓީގެ މޭޔަރުގެ މަޤާމަށް އިސްމާއިލް ރަފީގް އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ މަޤާމަށް މުހައްމަދު އާތިފް ވަނީ ހޮވިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ވަރަބިންދާލިކޮތަރު

13-Apr-2021

ތިތިންސިޓީއިން އެމްޑީޕީއަށް ވޯޓްދީގެން ކައުންސިލަރުންނާމޭޔަރ ކަމަށް އެމްޑީޕީ ފިކުރަށް ތާއީދުކުރާބަޔަކު ހޮވިކަން ތީއިސްލާމްދީނަށް ކުރި ފުރައްސާރައެއް . ތީލާދީނީ ބަޔަކަށް ހޯދައިދެވުނު ބާރުތަކެއް . މުސްލިމުން އެމްޑީޕީ ފިކުރަށް ނޫނެކޭބުނަށް ޖެހޭ ގައުމާދީނާ ގައުމުގެ މިނިވަން ކަމާއިސްތިޤްލާލު ސަލާމަތް ކުރަންވެސް .


10

ިމުރައްކަބުޖާހިލުކަލޭގެ

13-Apr-2021

ހައްހައްހާ! މަނިކުފާނުވެސް އެބަ އުޅުއްވަމުތޯ. އިންތިޚާބަށް ތައްތާރުވެ އިންތިޚާބު ބާއްވައި ވޯޓުލައި ނިމުނީމާ ބައިގިނަކޮޅު އެނގުނީމާ ހޮރުން ބޯދިއްލީދޯ



ޓްރެންޑިން