ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް (ވ). އާއި ޖުމްހޫރީ ޕާޓީގެ ނާއިބުރައީސް އަޙްމަދު ސަޢުދު
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް (ވ). އާއި ޖުމްހޫރީ ޕާޓީގެ ނާއިބުރައީސް އަޙްމަދު ސަޢުދު
އެއްވެސް މީހަކަށް "ގޯޑް ފާދަރ" ހެދިގެން ނޫޅެވޭނެކަން ނިމިގެންދިޔަ ކައުންސިލް އިންތިޚާބުން އެނގިގެން ހިނގައްޖެކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

އިއްޔެބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވެރިކަންކުރާ އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެފައިވާއިރު، އެޕާޓީން ކޮންޓްރޯލް ކުރަމުންއައި ގިނަ ދާއިރާ ތަކަކުން ވަނީ ބާކާމިޔާބާއި ކުރިމަތިލާން ޖެހިފައެވެ. އެކަމާ ގުޅިގެން ސަޢުދު މިއަދު ވިދާޅުވީ އިންތިޚާބުން އެނގިގެން ދިޔައީ އެއްވެސް މީހަކަށް މިރާއްޖޭގައި "ގޯޑް ފާދަރ" ހެދިގެން ނޫޅެވޭނެކަން ކަމަށެވެ.

ސަޢުދު ވިދާޅުވީ، މި އިންތިޚާބުގައި ދިވެހި ރައްޔިތުން ސިޔާސީ ލީޑަރުންނަށް ދިނީ ރަނގަޅު ފިލާވަޅެއް ކަމަށާއި، އެ ފިލާވަޅު ދަސްކުރަން ޖެހޭ ކަމަށެވެ.



ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާއިރު ރައީސް ނަޝީދުވެސް ވިދާޅުވެފައިވަނީ އެއްވެސް މީހަކީ ސިޔާސީގޮތުން މާމޮޅު މީހަކަށް ވެގެން އަބަދު ނޫޅެވޭނެކަން މި އިންތިޚާބުން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

އިންތިޚާބުގެ ނަތީޖާ ނިއުޅެމުން އަންނައިރު މީގެ ކުރިން އެމްޑީޕީން ވަރަށް ޔަގީން ކަމާއެކު ބުނަމުން އައި ބޮޑު ކާމިޔާބު ލިބިފައި ނުވާކަން ފާހަގަ ކުރެވެއެވެ. އަދި އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި އިދިކޮޅު ޕީޕީއެމުން ވަނީ މިއިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދައިފައެވެ. އެގޮތުން މާލޭ ސިޓީން އެޕާޓީއަށް ލިބުނު ކާމިޔާބަކީ މިވީ 10 ވަރަކަށް އަހަރުގެ ތާރީޚުގައި ވެސް ލިބިފައި ނުވާފަދަ ބޮޑު ކާމިޔާބީއެކެވެ. ނަމަވެސް އެމްޑީޕީން އަދިވެސް އިތުރު ގޮނޑި ތަކަކަށް އުއްމީދު ކުރާކަމަށް އެޕާޓީން މިރޭ ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން