އިންތިޚާބުގައި ވޯޓުލުން ކުރިޔަށްދަނީ
އިންތިޚާބުގައި ވޯޓުލުން ކުރިޔަށްދަނީ
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލުން އެމްޑީޕީއަށް ކާމިޔާބުވި ދާއިރާއެއްގެ ވޯޓު އަލުން ގުނުމަށް އެމްއާރުއެމުން އެދިފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްއާރުއެމުން މަސައްކަތް ކުރަމުންދަނީ ގަލޮޅު މެދު ދާއިރާގެ ވޯޓުތައް އަލުން ގުނުމަށެވެ. އެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓު މަރިޔަމް ރީހާން ނާޒިމް (ރީނު) އެވެ. އޭނާއަށް އިންތިޚާބު ކާމިޔާބު ވެފައިވަނީ 23 ވޯޓުގެ ތަފާތުންނެވެ. އޭނާއާއި ވާދަކުރި އެމްއާރުއެމްގެ ކެނޑިޑޭޓަކީ ޝަމްސިއްޔާ ޢުމަރެވެ.

އެމްޑީޕީންވެސް ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ލިބުނު ބޮޑު ނާކާމިޔާބާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ހަތަރު ގޮނޑިއެއް އަލުން ގުނުމަށް އެދުމަށް ނިންމާފައެވެ.

އެމްޑީޕީއަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ލިބުނު ނާކާމިޔާބީއާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދަނީ ދައްކަމުންނެވެ. އެއްބަޔަކު ބުނާގޮތުން އެމްޑީޕީގެ ނާކާމިޔާބީގެ އަސްލަކީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުމެެވެ. އަނެއްބަޔަކު ދެކޭގޮތުގައި ނާކާމިޔާބީގެ އަސްލަކީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމެވެ. ރައީސް ޞާލިހު ވެސް ވަނީ އެމްޑީޕީއަށް މާލޭގެ ސިޓީކައުންސިލުން ލިބުނު ބޮޑު ނާކާމިޔާބީގައި އެފަދަ މައްސަލަ ތަކެއް އުޅޭ ކަމަށް އެއްވަސްވެ ވަޑައިގެންފައެވެ. އެގޮތުން ބޯހިޔާވަހިކަމާއި ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ނުބެލުން ހިމެނޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު


14

ބޯ ހަލާކު

13-Apr-2021

ނުވިކަމަށް އެއްބަސް ވޭ ދެން އެހެން ވީއިރު އަވަހަށް ފޮށި ތަންމަތި ބަނދެގެން ނައްޓާލަންވީނުނު



ޓްރެންޑިން