ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ) އާއި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ވ)
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ) އާއި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ވ)
ނުފޫޒު ފޯރުވައިގެން ސަރުކާރަށް ބޮޑުކުރެވުނީ އަންބޮނޑި ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ރައީސް ޞާލިޙަށް ރައްދު ދެއްވައިފިއެވެ.

ޑރ. ޖަމީލް މިފަދަ ރައްދެއް ރައީސް ޞާލިޙަށް ދެއްވާފައި މިވަނީ، ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބަކީ ދައުރުގެ މެދު އިންތިޚާބެއްކަމަށް ސިފަ ކުރަށްވައި އެއިންތިޚާބުން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބެއް ކަމަށާއި އެއީ މީގެ ކުރިން ބޭއްވި އިންތިހާބެއްގައި އެއްވެސް ސަރުކާރަކަށް ލިބިފައި ނުވާ ވަރުގެ ބޮޑު ކާމިޔާބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

ޑރ. ޖަމީލް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ގޮތަކުން ނުފޫޒު ފޯރުވައިގެންވެސް ސަރުކާރަށް ލިބިފައިވަނީ އެންމެ 30 އިންސައްތަ ވޯޓު ކަމަށެވެ. އަދި މާލޭ ރައްޔިތުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ސަރުކާރުގެ އަތްދަށުން ސަލާމަތްވީ މިސަރުކާރުން ހަމައެކަނި އަންބޮނޑި އާއި ވައްކަން ބޮޑުކުރާތީ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"ކާމިޔާބީއަކަށްވީ އެކަންތޯ؟ ވޯޓުދިން ރައްޔިތުންނަށް މަލާމާތް ކުރެއްވުން ހުއްޓަވާލައްވާ!" ޑރ. ޖަމީލް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، ކައުންސިލް އިންތިހާބުގައި މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު އެމްޑީޕީއަށް 49 އިންސައްތަ ވޯޓު ލިބިފައިވާ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި މާލެއިން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވިކަން ފާހަގަކުރައްވައި ރައީސް ޞާލިހް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުން ތަކެއް ހުރިކަން އިންތިޚާބުގައި ނަތީޖާއިން އެނގިވަޑައިގެންނެވި ކަމަށެވެ. އެ ކަންކަން ރަނގަޅު ކުރަންޖެހޭކަން އެނގިގެން ގޮސްފައިވާ ކަމަށާއި އެކަން ސަރުކާރުން ކުރާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ފެނިގެން ދިޔަ ނަތީޖާއަކީ ކަންތައްތައް ރަނގަޅު ކުރުމަށް މާލޭ ރައްޔިތުން ދިން މެސެޖެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން