ޢަލީ ރަމީޒް (ކ) އާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު
ޢަލީ ރަމީޒް (ކ) އާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު
މިއަހަރުގެ ރަމަޟާން މަހުވެސް ޞަލަފް ޖަމުޢިއްޔާއަށް ދަރުސް ދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިމިވަނީ، ދަޢުވަތު ފޯރުކޮށްދިނުމުގެ މައިދާނުގައި މިހާ ދަތި އުނދަގޫ ދުވަސްވަރެއް ކުރިމަތިވެފައި ނުވާކަމަށް ޞަލަފް ޖަމިއްޔާގައި އިސްކޮށް ޙަރަކާތްތެރިވާ ޢަލީ ރަމީޒް ވިދާޅުވުމާ ގުޅިގެންނެވެ. އަލީ ރަމީޒް ވިދާޅުވެފައި ވަނީ މިއަހަރު މިސްކިތްތަކުގައި ދަރުސް ދިނުމުގެ ހުއްދައަށް އެދުމުން މިނިސްޓްރީން އެކަމަށް ޖަވާބެއް ދީފައި ނުވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވަނީ، ޖަމިއްޔަތުއްސަލަފުގެ ދަރުސް ކުރިޔަށް ގެންދިއުމުގެ ހުއްދަދޭން މިނިސްޓްރީން ވަނީ ސިޓީ ލިބުމާއެކު ނިންމާފައި ކަމަށެވެ. އަދި ޞަލަފް ޖަމިއްޔާއަށް ޖަވާބު ދިނުމުގައި ލަސްވެފައިވަނީ އިދާރީ އޮޅުމަކުން ކަމަށާއި، އެކަން އެނގުމާއިއެކު ދަރުސްތައް ކުރިޔައް ގެންދިއުމުގެ ހުއްދަވަނީ ދީފައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަމައެއާއެކު ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތައް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތްތައް ކުރިޔަށްގެންދިއުމުގެ ފުރުސަތު ހުރިހާފަރާތްތަކަށްވެސް ފަހިވެފައި އޮންނާނެ ކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.



ސަލަފް ޖަމިއްޔާއަށް ދަރުސް ދިނުމުގެ ހުއްދަ ނުދެވި ވަނީ އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށް މިނިސްޓްރީން ބުނުމާ ގުޅިގެން ޢަލީ ރަމީޒް މިއަދު ވިދާޅުވީ، މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަށްވަނީ މަކަރާ ޙީލަތް ހަދައިގެން ކަންކަން އޮޅުވާލަން ކަމަށާއި، ނަމަވެސް އަބަދު އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން