އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު (ކ) އާއި ޝައިޚް ޢަލީ ޒައިދު
އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު (ކ) އާއި ޝައިޚް ޢަލީ ޒައިދު
ޒިކުރާ މިސްކިތް ހުރި ބިމުގައި ވަރަށް އަވަހަށް ވަގުތީ މިސްކިތެއް އަޅައި އެމިސްކިތުގައި ނަމާދު ކުރެވޭވަރު ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ރަމަޟާން މަހަށް ވަގުތީ މިސްކިތެއް ބިނާކުރުމަށް ޒިކުރާ މިސްކިތް ހުރި ބިން ސާފުކުރަންފެށީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. ނަމަވެސް އެމިސްކިތް ހުރި ސަރަޙައްދުން އާސާރީތަކެތީގެ އިތުރުން މިނިކަށިތަކެއްވެސް ވަނީ ފެނިފައެވެ. އާސާރީތަކެތި ފެނުމާގުޅިގެން އެބިން ސާފު ކުރުމުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ. އަދި މިނިކަށިތަކެއް ފެނުނު ނަމަވެސް މިސްކިތުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަރަށް އަވަހަށް ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތް އަޅަން ފެށޭނެ ކަމަށެވެ. އަދި މަސައްކަތް ނިންމައި ނަމާދު ކުރަން ވަރަށް އަވަހަށް ފެށޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން އެ ބިން ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ދިޔަ ގޮތް ބައްލަވާލެއްވުމަށް ބައެއް ދީނީ އިލްމުވެރިންނާއެކު ޒިކުރާ މިސްކިތް ހުރި ތަނަށް ވަޑައިގެންނެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ މިސްކިތެއް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައި އޮތީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ. ނަމަވެސް ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް 2018ވަނަ އަހަރު ކޮންޓްރެކްޓަރާއިއެކު ހެދި އެއްބަސްވުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އިސްލާމިކް މިނިސްޓްރީގެ 2018ވަނަ އަހަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނަރަލް ނެރުއްވި އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ރޭވި 130 މިލިއަން ރުފިޔާގެ މަޝްރޫއުގައި އެޑްވާންސް ފައިސާގެ ގޮތުގައި ކުރީގެ ސަރުކާރުން 30 މިލިއަން ރުފިޔާ އެސްޖޭ އަށް ދިނެވެ. އެ މައްސަލާގައި ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް، ކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން