ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
ރާއްޖޭގައި މެޑިކަލް މާފިޔާއެއް އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެންބަރު ނިހާދު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ނުގެނެވި އެކަމުގައި ހިނގި ކޮރަޕްޝަންގެ ސަބަބުން ސަރުކާރު ހޫނުފެނަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. އަދި ބައެއް ފާމަސީތަކުން ބަލިމީހާއަށް އަގުދަށް ބޭސް ދޫކުރުމަށްފަހު، އަގުބޮޑު ބޭހަށް އާސަންދައަށް ބިލްކުރާކަން ފާހަގަކުރެވިފައިވާކަމަށް އެކުންފުނިން ބުނެފައި ވަނިކޮށެވެ.

ނިހާދު ވިދާޅުވީ، މެޑިކަލް މާފިޔާ އިން ސިއްހީ ޚިދުމަތާއި، ބޭސް ފޯރުކޮށްދެމުން ގެންދަނީ ބޮޑުއަގުގައި ކަމަށެވެ. އަދި އެދާއިރާގައި އޮތް މާފިޔާއިން ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި ޢަމަލުތަކެއް ހިންގަމުންދާކަމަށް ނިހާދު ވަނީ ތުހުމަތު ކުރަށްވާފައެވެ. އެހެންކަމުން ސިއްޙީ ދާއިރާއިން ބޮޑު އަގުގައި ފޯރުކޮށްދެމުންދާ ބޭހާއި، ޚިދުމަތުގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތުގެ ސްޕީޑް ބާރު ކުރުމަށް ނިހާދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.



މިހާރުވެސް ވެންޓިލޭޓަރުގެ މައްސަލަ ބަލަމުންދާކަން ފާހަގަކުރަށްވައި ނިހާދު ވިދާޅުވީ، ކުރީގައި ނަމަ ޚިޔާނާތެއް ފެންމަތި ކުރުމުން އޮޑިޓް ރިޕޯޓާއި އޮޑިޓަރ ޖެނެރަލް ގެއްލޭ ކަމަށާއި، ކޯޓު ޙުކުމާއެކު ފަނޑިޔާރުވެސް ގެއްލޭ ކަމަށެވެ. ނަމަވެސް މިހާރު އަޑެއް އިވޭއިރަށް އެކަމެއް ބަލާ ފިޔަވަޅު އަޅާކަމަށާއި، މައްސަލަތައް ބަލަން މުއައްސަސާތަކާ ޙަވާލުކުރަމުން ގެންދާކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ މި ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަމަކީ ބަލަމުންދާ މައްސަލަތަކުގެ ސްޕީޑް އަވަސްކުރުން ކަމަށެވެ.

ނިހާދު މިހެން ވިދާޅުވި ނަމަވެސް އޭސީސީން ދެފަހަރަށް މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ފޮނުވުމުން ވެސް ވެންޓިލޭޓަރު މައްސަލައިގައި ނިންމާފައި ވަނީ އެމައްސަލަ ޝަރީޢަތަށް ނުފޮނުވުމަށެވެ. މިސަރުކާރުން ތަހުގީގުކުރާނެ ކަމަށް ވަޢުދުވެފައިވާ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި މިސަރުކާރުން އަދި މިހާތަނަށް ތަހުގީގެއްކޮށް ޝަރީޢަތްކޮށް ހުކުމެއް އިއްވާފައިވަނީ ރައީސް ޔާމިންގެ މައްޗަށް އެކަންޏެވެ. އޭގެއިތުރުން މިމައްސަލައިގައި މިހާތަނަށް ތަހުގީގު ހިންގައި ޝަރީޢަތްކޮށް ހުކުމެއް އިއްވާފައިވަނީ ކުރީ ސަރުކާރުންވެސް ތަހުގީގުކޮށް ޝަރީއަތަށް ހުށައަޅާފައިވާ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތާއި ކުރީގެ ނާއިބް ރައީސް އަދީބުގެ މައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން