ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން
ތިލަފަތަކަށް، ނޫނިއްޔާ ރުކަކަށް ވޯޓުލާން ދިވެހިން ބޭނުން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހުސްވި ހަފުތާގައި ވާހަކަ ދައްކަވަމުން މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދިވެހި ރައްޔިތުން ވާހަކަތަކެއް ބުނެދީފައިވާ ކަމަށާއި، އެގޮތުން ރައްޔިތުން ވޯޓު ދިނުމުގައި ވަކި ސިޔާސީ ޕާޓީއަކަށް ބަލާފައި ނުވާކަން ވޯޓުގެ ނަތީޖާއިން ހާމަވާ ކަމަށެވެ.

މެންބަރު އަލީ ހުސައިން ވިދާޅުވީ މި އިންތިޚާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ދިވެހިންނަކީ ޕާޓީއަށް ނުބަލާ ބައެއްކަން ކަމަށާއި، ދިވެހިންބަލަނީ މީހާއަށް ކަމަށެވެ. އެގޮތުން ރަނގަޅު މީހަކު ކުރިމަތި ލައިފިނަމަ ޕާޓީއަށް ބެލުމެއްނެތި ދިވެހިން އެމީހަކަށް ވޯޓުލާނެކަން މި ވޯޓުން ސާބިތުކޮށްދީފިކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.

"ދިވެހީން ވޯޓް ދޭން ބޭނުން ވަނީ ދިރިހުރި ފުރާނަ ހުރި އިންސާނުންނަށް ކަން. ދިވެހީންނެއް ބޭނުމެއް ނުވޭ ކޮންމެހެން، ދިރުމެއް ނެތް، ތިލަފަތަކަށް، ނޫނިއްޔާ ރުކަކަށް ވޯޓުލާކަށް، ދިވެހީން ކޮންމެހެން ބޭނުމެއް ނުވޭ،" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ، ނިމިދިޔަ އިންތިޚާބުގައި ރައްޔިތުން ވޯޓުލީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށާއި، ތާއީދު ކުރާ ޕާޓީއިން ވެސް ޒިންމާ އަދާ ނުކުރެވޭ ބޭފުޅަކު ކުރިމަތިލައިފިނަމަ ރައްޔިތުން ވޯޓް ނުދޭނެ ކަމާއި، ސީރިއަސްކަން ނެތްބަޔަކަށް ވެސް ރައްޔިތުން ވޯޓު ނުދޭނެކަން އިންތިޚާބުގެ ނަތީޖާއިން ސާފުވެފައިވާކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ނިމިދިޔަ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއަށް ވަނީ އެޕާޓީން ކުރިން ކޮންޓްރޯލް ކުރަމުންއައި މާލޭ ސިޓީގެ ގިނަ ގޮނޑިތަކެއް ގެއްލިފައެވެ. އަދި މާލޭގެ މޭޔަރުގެ ގޮނޑިވެސް ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުޢިއްޒެވެ.


ކިޔުންތެރިންގެ ހިޔާލު


14

ާއަދުރެ

21-Apr-2021

ތިއީ ކަނޑަ އެޅިގެން ދޮގެއް



ޓްރެންޑިން