ރުއް ކަނޑާލި ވީޑިއޯ
ރުއް ކަނޑާލި ވީޑިއޯ
ށ. ފޯކައިދޫގައި ފިޔާތޮށިކުލަ ލާފައިވާ ރުކެއް އެމްޑީޕީ ސަޕޯޓަރުން ކަނޑާލި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

ސޯޝަލް މީޑިއާގައި މިއަދު ވައިރަލްވި ވީޑިއޯ އިން ފެންނަނީ އެމްޑީޕީ ސަޕޯޓަރުންތަކެއް ފޯކައިދޫ އަތިރިމަތީ ހުރި ފިޔާތޮށި ކުލައިގެ ރުކެއް ކަރަންޓު ކީހަކުން ބުރިކޮށްލައި ރުއް ކަނޑާ ވައްޓާލާ މަންޒަރެވެ. އެކަމާ ގުޅިގެން އެމްޑީޕީން މިރޭ ބުނެފައިވަނީ އެފަދަ ޢަމަލުތަކަކީ އެޕާޓީން އެއްގޮތަކަށްވެސް ތަރުޙީބުދޭ ކަމެއް ނޫން ކަމަށެވެ.

"މިޕާޓީގެ އެއްވެސް މެންބަރަކު އަދި ޕާޓީއަށް ތާޢީދުކުރާ އެއްވެސް ފަރާތަކުން މިފަދަ ޢަމަލު ނުހިންގުމަށް ދަންނަވަން." އެމްޑީޕީން ބުނެފައިވެއެވެ.



މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެވީޑިއޯ އަކީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ފޯކައިދޫން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެރަށުގެ އެމްޑީޕީ ސަޕޯޓަރުން އެސަރަޙައްދަށް ވެއްޓިފައިއޮތް ރުކެއް ކޮޅަށް ޖެހުމަށްފަހު އޭގައި ފިޔާތޮށިކުލަ ލުމަށްފަހު ކުޅެފައިވާ ވީޑިއޯއެކެވެ.

އެމްޑީޕީ ސަޕޯޓަރުންގެ މިޢަމަލާމެދު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއީ އީޕީއޭއިން ބަލަންޖެހޭ މައްސަލައެއްކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން