އިޤްތިޞާދީ ވަޒީރު ފައްޔާޟް އިސްމާޢީލް (ކ) އާއި ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު (ވ)
އިޤްތިޞާދީ ވަޒީރު ފައްޔާޟް އިސްމާޢީލް (ކ) އާއި ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު (ވ)
އިންޓަރނެޓްގެ އަގު ހެޔޮނުވާކަމަށް ވިދާޅުވެ މި ސަރުކާރުގެ ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހަށް ސަރުކާރުގެ އިޤުތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ރައްދު ދެއްވައިފިއެވެ.

ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާއެކު ސަރުކާރުން ކުރި މަސައްކަތްތަކުގެ ސަބަބުން އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލެއް މިހާރު އައިސްފައިވާ ކަމަށް ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ރޭ ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ފައްޔާޒް މިރޭ ވިދާޅުވީ، ބައެއް އިންޓަނެޓް ޕެކޭޖްތަކުގެ އަގު ހެޔޮކޮށްފައިވީ ނަމަވެސް އެއީ ސަރުކާރުން ވީ ވަޢުދު ފުއްދިފައިވުން ނޫންކަމަށެވެ.

ފައްޔާޒް މިރޭ ވިދާޅުވީ، ރޯދަމަހާ ދިމާކޮށް އިންޓަރނެޓްގެ އަގަށް މިހާރު އައިސްފައިވާ ބަދަލަކީ ސަރުކާރުގެ ބައިވެރިވުން އޮވެގެން އައިސްފައިވާ ބަދަލެއް ނޫން ކަމަށާއި، ނަމަވެސް އިންޓަނެޓް އަގުހެޔޮ ކުރުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ވަރަށްއަވަހަށް އިންޓަރނެޓްގެ އަގު ހެޔޮވެގެން ދާނެ ކަމަށެވެ.



ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ވިދާޅުވީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެވަޑައިގެންނެވި ވައުދު ފުއްދިފައިވާ ކަމަށެވެ. އިންޓަނެޓްގެ ހިދުމަތް ރާއްޖޭގައި ފޯރުކޮށްދޭ ކުންފުނިތަކާއެކު އެކި ގޮތްގޮތުން ކުރެވޭ ކަންކަމުގެ ތެރެއިން އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލެއް މިހާރު އައިސްފައިވާ ކަމަށާއި، އެގޮތުން މިއަހަރުގެ ރޯދަ މަސް ފެށުމާ ހަމައަށް 33 ރުފިޔާ އަށް ހުރި ޖީބީއެއްގެ އަގު މިހާރު މިއަދު 5 ރުފިޔާ ބަޔަށް ތިރިވެފައިވާ ކަމަށް އަލީ ޞާލިޙް ވަނީ ފާހަގަކުރައްވާފައެވެ.

އިންޓަނެޓުގެ އަގުހެޔޮކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ 2022 ވަނަ އަހަރު ކަމަށް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވަނީ ހިމަނާފައެވެ. އަދި އެކަން ކުރަން ރާވާފައި ވަނީވެސް އެމުއްދަތުގައި ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް އަލީ ޞާލިޙަށް ކުއްލިއަކަށް އިންޓަނެޓްގެ އަގު ހެޔޮވޮވިތަން ފެނިވަޑައިގެންނެވުމުން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް ވަނީ އަމާޒު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން