އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕްގެ އިސްބޭފުޅުން
އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕްގެ އިސްބޭފުޅުން
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އަންނަ މެއި މަހުގެ 29 ގައި ބާއްވަން ނިންމައި އެކަން އެ ޕާޓީން އިޢުލާނުކޮށްފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށްފަހު އެމްޑީޕީގެ އިސް ފަރާތްތަކާއި، ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިއްބެވި އެޕާޓީގެ ބޭފުޅުން ވަނީ ޕާޓީގެ އެތެރޭގެ އިންތިޚާބަށް ވަރުގަދަ ކެމްޕޭނެއް ފަށާފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހަކީ އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަވަނެވެ. ޕާޓީގެ ކޮންޓްރޯލް ހޯދުމަށް ބޭނުންވާ ލީޑަރުންނަށް ޤައުމީ މަޖިލީހުގެ މެޖޯރިޓީ އަކީ ކޮންމެހެން ބޭނުންވާ ކަމެކެވެ.

އެމްޑީޕީން މިރޭ ބުނެފައިވަނީ، އެޕާޓީގެ ދާއިރާތަކުގެ ހިންގާކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިޚާބު އޮންނާނީ 29 މެއި 2021 ވާ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ ޕާޓީގެ އާންމު މެންބަރުން ކަމަށާއި، އެގޮތުން އިންތިޚާބުގައި ވޯޓުލެވޭނީ މިއަދާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.



އެމްޑީޕީން ވަނީ އެޕާޓީގެ ޤައުމީ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި މިއަދުގެ 14:00 އިން ފެށިގެން 29 މެއި 2021 ގެ ނިޔަލަށް ޕާޓީން މެމްބަރޝިޕް ފޯމު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން