ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓުންކަން ޤަބޫލުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާތީ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ނިންމާފައިވާ ނިންމެވުމެއްކަމަށް ވާއިރު، އެކަމަށް ބަދަލެއްވެސް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ވޯޓެއް ނަގަން ރައީސްގެ ވިސްނުންފުޅު ނެތްކަންވެސް ރައީސް ވަނީ ހާމަކުރަށްވާފައެވެ.
ރައީސްގެ ވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ، ނިޒާމް ބަދަލުކުރުމުގެ ކޮންމެ މަޝްވަރާއަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާއި ގުޅުންހުރި ކަންތައްތައް ކަމަށާއި، ނިޒާމު ބަދަލުކުރެވެނީ ރައްޔިތުންގެ ވޯޓުންކަން އެމަނިކުފާނުވެސް ޤަބޫލުފުޅު ކުރަށްވާ ކަމަށެވެ.
"ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމީ ޝައްކެއްވެސް ނެތް ކަމެއް." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރޭގެ ވަގުތެއްގައި ރައީސް ޞާލިޙަށް، ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި އެމަނިކުފާނު މިހާރު ވަރަށް ބޮޑަށް ހަވާސާވެ ވަޑައިގެން ހުންނަވަން ޖެހިވަޑައިގެންފައިވާކަން ފާހަގަ ކުރަށްވައި ވެރިކަން ހިންގުން ރައްޔިތުންގެ މަޖިލީހާއި ހަވާލު ކުރައްވައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް އެދިވަޑައިގެންފައި ވައެވެ. މީގެއިތުރުން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލައި ގައުމުގެ ބޮޑުވަޒީރުކަން ރައީސް ނަޝީދު ކުރަށްވާ ގޮތަށް ހެއްދެވުމަށް ވެސް ހުށައަޅުއްވާފައި ވެއެވެ.
ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމަކީ 2007 ވަނަ އަހަރު ރައްޔިތުންގެ ސީދާ ވޯޓުން ވެރިކަން ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނިޒާމެވެ. އާޤާނޫނުއަސާސީ އެކުލަވާލުމަށް މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ނެގުނު ނިޒާމީ ވޯޓުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ތާޢީދާއެކު ރިޔާސީ ނިޒާމަކަށް 95،619 ރައްޔިތުން ވޯޓު ދީފައިވެއެވެ. އަދި އިދިކޮޅު އެމްޑީޕީން ވަކާލާތު ކުރަމުންއައި ބަރުލަމާނީ ނިޒާމަށް ވޯޓު ދީފައިވަނީ 58،504 ރައްޔިތުންނެވެ.
ރައީސް ނަޝީދަކީ ފެށުނީއްސުރެ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ވަކާލާތު ކުރަށްވައި އެމަގަށް މަސައްކަތް ކުރަށްވަމުން އަންނަ ބޭފުޅެކެވެ. ނަމަވެސް އެމަނިކުފާނު އެންމެ ފަހުން ވެސް ވިދާޅުވެފައިވަނީ މިކަމުގައި ގޮތެއް ނިންމަވާނީ ރައީސް ޞާލިހާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ. އަދި ރައީސް ޞާލިޙްވަނީ އެކަމުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ވިދާޅުވެފައެވެ.

Raajjeyge verikamuge nizam ah badhal geneveynee rayyithunge fenna nufenna vote akun kamee shahkehves neiykameh. Nizam badhalu kurumuge konme mashvaraa akee adhi konme masakkathakee fenna nufenna vote aai gulhey kankan.
— Mohamed Nasheed (@MohamedNasheed) April 19, 2021
ރޭގެ ވަގުތެއްގައި ރައީސް ޞާލިޙަށް، ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި އެމަނިކުފާނު މިހާރު ވަރަށް ބޮޑަށް ހަވާސާވެ ވަޑައިގެން ހުންނަވަން ޖެހިވަޑައިގެންފައިވާކަން ފާހަގަ ކުރަށްވައި ވެރިކަން ހިންގުން ރައްޔިތުންގެ މަޖިލީހާއި ހަވާލު ކުރައްވައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް އެދިވަޑައިގެންފައި ވައެވެ. މީގެއިތުރުން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލައި ގައުމުގެ ބޮޑުވަޒީރުކަން ރައީސް ނަޝީދު ކުރަށްވާ ގޮތަށް ހެއްދެވުމަށް ވެސް ހުށައަޅުއްވާފައި ވެއެވެ.
ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމަކީ 2007 ވަނަ އަހަރު ރައްޔިތުންގެ ސީދާ ވޯޓުން ވެރިކަން ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނިޒާމެވެ. އާޤާނޫނުއަސާސީ އެކުލަވާލުމަށް މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ނެގުނު ނިޒާމީ ވޯޓުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ތާޢީދާއެކު ރިޔާސީ ނިޒާމަކަށް 95،619 ރައްޔިތުން ވޯޓު ދީފައިވެއެވެ. އަދި އިދިކޮޅު އެމްޑީޕީން ވަކާލާތު ކުރަމުންއައި ބަރުލަމާނީ ނިޒާމަށް ވޯޓު ދީފައިވަނީ 58،504 ރައްޔިތުންނެވެ.
ރައީސް ނަޝީދަކީ ފެށުނީއްސުރެ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ވަކާލާތު ކުރަށްވައި އެމަގަށް މަސައްކަތް ކުރަށްވަމުން އަންނަ ބޭފުޅެކެވެ. ނަމަވެސް އެމަނިކުފާނު އެންމެ ފަހުން ވެސް ވިދާޅުވެފައިވަނީ މިކަމުގައި ގޮތެއް ނިންމަވާނީ ރައީސް ޞާލިހާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ. އަދި ރައީސް ޞާލިޙްވަނީ އެކަމުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު