ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ކ) އާއި ރައީސް ނަޝީދުގެ ސަރުކާރުގެ ބަންޑާރަނާއިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު (ވ)
ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ކ) އާއި ރައީސް ނަޝީދުގެ ސަރުކާރުގެ ބަންޑާރަނާއިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު (ވ)
ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ ދިގު މަރުޙަލާއެއް ކަމަށް ވިދާޅުވެ އެކަމުގައި ފުރިހަމަ ވާންޖެހޭ ކަންތައްތައް ރައީސް ނަޝީދުގެ ސަރުކާރުގެ ބަންޑާރަނާއިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު ރައީސް ނަޝީދަށް ވިދާޅުވެ ދެއްވައިފިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގެންނެވުމުގެ ޝައުޤުވެރިކަން ރައީސް ނަޝީދު ފާޅުކުރަށްވާފައިވާތީ އެކަމާ ގުޅިގެން ދިޔާނާ ވިދާޅުވީ، ނިޒާމު ބަދަލު ކުރުމަކީ ދިގު މަރުޙަލާއެއް ކަޑައްތު ކުރަންޖެހޭ ކަމެއް ކަމަށާއި، އަދި ޚަރަދުވެސް ބޮޑުވާނެ ކަމެއް ކަމަށެވެ. ބަލިމަޑުކަމުގެ މިފަދަ ދުވަސްވަރެއްގައި ކުރުމަށް މިއީ އެންމެ ރަނގަޅު ކަމެއްތޯ ދިޔާނާވަނީ ސުވާލު އުފައްދަވާފައެވެ.

ދިޔާނާ ވަނީ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރާނަމަ ކުރަން ޖެހޭ ތިންކަމެއް ސާފުކޮށްދެއްވާފައެވެ. އެއްކަމަކީ ރައްޔިތުންގެ ސީދާ ވޯޓެއް ނެގުންކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެއީ ޤާނޫނީ ޝަރުތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދެންއޮތީ ޤާނޫނު އަސާސީއަށް ބޮޑު ބަދަލުތަކެއް ގެނަސް ގާނޫނު އަސާސީ އިސްލާޙުކުރުމެވެ. މީގެއިތުރުން ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވައި މަޖިލީސްވެސް އަލުން އެކުލަވާލަން ޖެހޭނެ ކަމަށް ދިޔާނާ ވިދާޅުވެފައި ވެއެވެ.



ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ނިންމާފައިވާ ނިންމެވުމެއްކަމަށް ވާއިރު، އެކަމަށް ބަދަލެއް ގެނެވޭނީވެސް ރައްޔިތުންގެ ވޯޓަކުންކަމަށެވެ. އަދި އެފަދަ ވޯޓެއް ނަގަން ރައީސްގެ ވިސްނުންފުޅު ނެތްކަންވެސް ރައީސް ވަނީ ހާމަކުރަށްވާފައެވެ. ރައީސްގެ ވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދުވަނީ ރައީސްގެ ވާހަކަފުޅު ޤަބޫލު ކުރަށްވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދުވެސް ފަހުން ވިދާޅުވެފައިވަނީ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުންކަން އެމަނިކުފާނު ވެސް ގަބޫލުކުރަށްވާ ކަމަށެވެ.

ރައީސް ނަޝީދަކީ ފެށުނީއްސުރެ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ވަކާލާތު ކުރަށްވައި އެމަގަށް މަސައްކަތް ކުރަށްވަމުން އަންނަ ބޭފުޅެކެވެ. ނަމަވެސް އެމަނިކުފާނު އެންމެ ފަހުން ވެސް ވިދާޅުވެފައިވަނީ މިކަމުގައި ގޮތެއް ނިންމަވާނީ ރައީސް ޞާލިހާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ. އަދި ރައީސް ޞާލިޙްވަނީ އެކަމުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން