އަންނަ ހުކުރު ދުވަހު ޒިކުރާ މިސްކިތުގައި ނަމާދުކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިއަހަރުގެ ރަމަޟާން މަހަށް ވަގުތީ މިސްކިތެއް ބިނާކުރުމަށް ޒިކުރާ މިސްކިތް ހުރި ބިން ސާފުކުރަންފެށީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. ނަމަވެސް އެމިސްކިތް ހުރި ސަރަޙައްދުން އާސާރީތަކެތީގެ އިތުރުން މިނިކަށިތަކެއްވެސް ވަނީ ފެނިފައެވެ. އާސާރީތަކެތި ފެނުމާގުޅިގެން އެބިން ސާފު ކުރުމުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ. އަދި މިނިކަށިތަކެއް ފެނުނު ނަމަވެސް މިސްކިތުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅާ ވަގުތީ މިސްކިތުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ވަނީ މަސައްކަތު ސައިޓަށް ޒިޔާރަތް ކުރަށްވާފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތް މިހާރު ހުރީ ތަޅުން އަޅާ ހިޔާކޮށް ނިމިފައި ކަމަށާއި، މި ހުކުރުގައި ނަމާދުކުރަން ފެށޭވަރުވާނެ ކަމަށެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ މިސްކިތެއް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައި އޮތީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ. ނަމަވެސް ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް 2018ވަނަ އަހަރު ކޮންޓްރެކްޓަރާއިއެކު ހެދި އެއްބަސްވުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އިސްލާމިކް މިނިސްޓްރީގެ 2018ވަނަ އަހަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނަރަލް ނެރުއްވި އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ރޭވި 130 މިލިއަން ރުފިޔާގެ މަޝްރޫއުގައި އެޑްވާންސް ފައިސާގެ ގޮތުގައި ކުރީގެ ސަރުކާރުން 30 މިލިއަން ރުފިޔާ އެސްޖޭ އަށް ދިނެވެ. އެ މައްސަލާގައި ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް، ކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ހުށައަޅާފައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅާ ވަގުތީ މިސްކިތުގެ މަސައްކަތް ހިނގަމުންދާގޮތް މިއަދު ބައްލަވާ ލައްވައިފި. މިސްކިތް މިހާރު ހުރީ ތަޅުން އަޅާ ހިޔާކޮށް ނިމިފައި. މި ހުކުރުގައި ނަމާދުކުރަންފެށޭވަރުވާނެ.
— Ministry of Islamic Affairs (@MVIaffairs) April 21, 2021
إن شاء الله pic.twitter.com/fq7AgEKYT5
ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ މިސްކިތެއް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައި އޮތީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ. ނަމަވެސް ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް 2018ވަނަ އަހަރު ކޮންޓްރެކްޓަރާއިއެކު ހެދި އެއްބަސްވުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އިސްލާމިކް މިނިސްޓްރީގެ 2018ވަނަ އަހަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނަރަލް ނެރުއްވި އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ރޭވި 130 މިލިއަން ރުފިޔާގެ މަޝްރޫއުގައި އެޑްވާންސް ފައިސާގެ ގޮތުގައި ކުރީގެ ސަރުކާރުން 30 މިލިއަން ރުފިޔާ އެސްޖޭ އަށް ދިނެވެ. އެ މައްސަލާގައި ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް، ކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ހުށައަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު