މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) (ކ) އާއި، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް
މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) (ކ) އާއި، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލްގެ މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި ދަޢުލަތުން 15 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކުރުމުން އެމްޑީޕީގެ ޕީޖީ ލީޑަރ ޢަލީ އާޒިމް ހިތްހަމަ ނުޖެހުން ފާޅުކުރަށްވައިފިއެވެ.

މާލޭ އިންގްލިޝް ސްކޫލު (އެމްއީއެސް) ހިންގަން މަންދު ކޮލެޖާ ހަވާލުކުރި އެއްބަސްވުން އުވާލުމަށް 2015 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުމަކީ، އެ އެއްބަސްވުމާއި ޚިލާފަށް ނިންމާފައިވާ ނިއްމުމެއް ކަމަށްވާތީ ގެއްލުމުގެ ބަދަލު ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ ދިވެހި ދައުލަތުގެ ކަމާބެހޭ އިދާރާގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ނިންމާފައެވެ.

އެހެންކަމުން ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އަދި ސިވިލްކޯޓުން ވަނީ 15 މިލިއަން ރުފިޔާ އެއްމަސްތެރޭގައި އެ ކުންފުންޏަށް ދެއްކުމަށް ޙުކުމް ކޮށްފައެވެ.

އެކަމާ ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކުރަށްވައި އެމްޑީޕީގެ ޕީޖީ ލީޑަރ ޢަލީ އާޒިމް ވިދާޅުވީ ރައްޔިތުން އަނގަޔާއަތާ ދިމާނުވެގެން އުޅޭއިރުވެސް ބޮޑުންނަށް މިލިއަނުން ފައިސާ ދެމުން ގެންދާ ކަމަށެވެ.

އިބްރާހިމް އިސްމާއިލް (އިބުރާ) ގެ މަންދު ކޮލެޖާއި އެމްއީއެސް ހިންގަން ހަވާލުކޮށްފައި އޮތް އެއްބަސްވުން އުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއެއްބަސްވުން އުވާލީ އެއްބަސްވުމުގައި އޮތްގޮތަށް އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ނުހިންގާ ކަމަށް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން