އިބްރާހިމް ރަމީޒް
އިބްރާހިމް ރަމީޒް
ވެރިންގެ އިޚްލާޞްތެރި ކަމެއް ނެތިއްޔާ ރައްޔިތުން ތެޅޭނީ ގަނަކަމަށް ދީނީ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ އިބްރާހިމް ރަމީޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލުކުރުމުގެ ބަހުސް ޢާއްމު ރައްޔިތުންގެ މެދުގައި ކުރެވެމުންދާ މި ދަނޑިވަޅުގައި އިބްރާހިމް ރަމީޒް ވިދާޅުވީ، މިހާރު ރާއްޖޭގައި ދިމާވެގެން މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫންކަމަށާއި، ނަމަވެސް އިޚްލާޞްތެރިކަމުގެ މައްސަލައެއް ކަމަށެވެ.

ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ، އިބްރާހިމް ރަމީޒް ވިދާޅުވީ ކޮންމެ ނިޒާމެއް އޮތް ނަމަވެސް ވެރިންގެ ނިޔަތުގައި އިޚްލާސްތެރިކަމެއް ނެތްނަމަ ރައްޔިތުން ޖެހޭނީ ގަނަތެޅެން ކަމަށެވެ.



ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް އެނިޒާމުގެ ވެރިކަމުގެ ފުރަތަމަ ބޮޑުވަޒީރުގެ މަގާމު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސް ޞާލިހަށް ހުށައަޅުއްވާފައެވެ. ރައީސް ޞާލިހު އެކަމަށް ނޫނެކޭ ވިދާޅުވި ނަމަވެސް އެމްޑީޕީން ވަނީ ބަރުލަމާނީ ކެމްޕޭން ނުރަސްމީކޮށް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން