ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް (ވ). އާއި ޖުމްހޫރީ ޕާޓީގެ ނާއިބުރައީސް އަޙްމަދު ސަޢުދު
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް (ވ). އާއި ޖުމްހޫރީ ޕާޓީގެ ނާއިބުރައީސް އަޙްމަދު ސަޢުދު
ޢުމުރު ހުސްކޮށް ބޮޑު ޚަރަދު ކޮށްގެން ކިޔެވުމުގެ ބޭނުމެއްނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

ސަޢުދު މިގޮތަށް ވިދާޅުވެފައިވަނީ، އިންތިޚާބީ ކައުންސިލަރުންނަށް މުސާރައާއި އިނާޔަތް ބޮޑުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރުމާ ގުޅިގެންނެވެ. މާލިއްޔަތު ކޮމެޓީން ނިންމައިފައިވަނީ މިހާރު ހުރި މިންވަރަށްވުރެ އެތައް ގުނައަކުން ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށެވެ.

ކައުންސިލަރުންގެ ބޮޑު މުސާރައާއި މެދު ކަންބޮޑުވުން ފާޅުކުރަށްވައި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު މިއަދު ވިދާޅުވީ، ޢުމުރު ހުސްވަންދެން ބޮޑު ޚަރަދުކޮށް ކިޔަވައިގެން ހޯދާ މާސްޓަރސް ޑިގްރީ އާއި، 10 އަހަރުގެ ތަޖުރިބާއާއެކު ވަޒީފާ އަދާކުރާ ސަރުކާރުގެ ޑިރެކްޓަރެއްގެ މުސާރަ 15 ހާސް ހަމަނުވާ ކަމަށެވެ. އަދި މިއީ ސަރުކާރުން ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަަމަށް ސަޢުދު ވިދާޅުވިއެވެ.

"އުމުރު ހުސްކޮށް ބޮޑު ހަރަދުން ޑިގްރީ، މާސްޓަރ، ޕީއެޗްޑީ ނެގުމުގެ ބޭނުމެއްނެތޭ ގިނަ މީހުންގެ ހިތައް އަރަނީ ހަމަ އަރަންވެގެން." ސަޢުދު ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިޓީން ނިންމާފައި ވަނީ އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށް 28،000 ރުފިޔާ އަދި ރަށު ކައުންސިލްތަކުގެ ރަައީސުންނަށް 23،000 ރުފިޔާ ދިނުމަށެވެ. ރަށު ކައުންސިލްތަކުގެ ނައިބުންނަށް 15،000 ރުފިޔާ އަދި މެންބަަރުންނަށް 12،000 ރުފިޔާ ދިނުމަށް ވެސް ކޮމެޓީން ވަނީ ނިންމާފައެވެ. މީގެ އިތުރުން ސިޓީތަކުގެ މޭޔަރުންނަށް 40،000 ރުފިޔާ، ޑެޕިއުޓީ މޭޔަރުންނަށް 35،000 ރުފިޔާ އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށް 30،000 ރުފިޔާ ދިނުމަށްވެސް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކުރި ނަމަވެސް މިމައްސަލައިގައި މެންބަރުންގެ މެދުގައި ބޮޑު ހިޔާލު ތަފާތުވުން ތަކެއް ހުރިކަން ފާހަގަކުރެވެއެެވެ. އެގޮތުން 23،000 ރުފިޔާ އެއީ ބޮޑު އަދަދެއް ކަމަށް ފާހަގަކުރައްވާ ބައެއް މެންބަރުން ވަނީ އެ އަދަދު 20،000 ރުފިޔާ އަށް ކުޑަކުރުމަށް އެދިވަޑައިގެންފައެވެ. ބައެއް މެންބަރުން ވިދާޅުވީ ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުން އަދި މެންބަރުންގެ މެދުގައި މުސާރައިގެ ބޮޑު ތަފާތެއް ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް މާލިއްޔަތު ކޮމިޓީން ފާސްކުރި ނަމަވެސް އެއަށް އަމަލުކުރެވޭނީމަޖިލީހުގެ ތަޅުމުން ކޮމިޓީގެ ރިޕޯޓް ފާސްކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން