ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ
ޓްރާންސްޕޯޓް އޮތޯރިޓީގެ ދެ މުވައްޒަފަކު ވަކިކުރުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ނިންމައިފި އެވެ.

ވަޒީފާއަށް އިހްމާލްވީ ކަމުގެ ތުހުމަތުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ 11 މުވައްޒަފަކު ވަޒީފާ އިން ވަކި ކުރުމުން، އެ މުވައްޒަފުން ވަނީ އެމައްސަލަ ސިވިލް ސާވިސް ކޮމިޝަނާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފަ އެވެ.

އޭގެތެރެއިން ދެ މުވައްޒަފެއްގެ މައްސަލަ މިއަދު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާއިރު އެ ނިންމުމުގައި ވަނީ، އެ ދެ މުވައްޒަފުން ހަމަޖެހިފައިވާ އުސޫލަށްވުރެ ގިނައިން ގަޑިޖެހިފައިވާ ކަމަށާއި، އަދި އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށްފަހު އެކަން ކުރީ މަޖުބޫރު ވެގެން ކަމަށް ބުނި ނަމަވެސް އެކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށެވެ.

އެ މައްސަލާގައި ސިވިލް ސާވިސް ކޮމިޝަނަށް ހުށައެޅި ލިޔުންތަކަށް ބެލުމަށްފަހު އެ ކޮމިޝަނުންވެސް މީގެ ކުރިން ނިންމާފައިވަނީ އެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. ނަމަވެސް އެ މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފައިވަނީ ސިވިލް ސާވިސްގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ އަލުން ވަޒީފާ ހޯދުމުގެ އަމުރަކަށް އެދި ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވަކި ކުރި ދެ މުވައްޒަފުންގެ މައްސަލަ މިއަދު ނިންމާފައިވާއިރު، ބާކީ ތިބި ނުވަ މުވައްޒަފުންގެ މައްސަލަވެސް ވަރަށް އަވަހަށް ނިންމާނެކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން