މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
އެމްޑީޕީއަށް އެމްއެމްޕީއާރުސީގެ މައްސަލަ ނުބެލޭނެ ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ނައިބުރައީސް، އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު މި ސަރުކާރަށާއި އެމްޑީޕީއަށް ގޮންޖައްސަވައިފިއެވެ.

މަޖިލީހުގެ މެންބަރުން ބޭނުންފުޅުވާނަމަ އެމްއެމްޕީއާރުސީގެ ޚިޔާނާތުން ގެއްލުނު 70 މިލިއަން ޑޮލަރު ދުނިޔޭގެ ފޮރެންސިކް މާހިރުން މެދުވެރިކޮށް ހޯދައި ރާއްޖޭގެ ޚަޒާނާއަށް ގެނެވިދާނެ ކަމަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މިހާރުގެ ސަރުކާރާއި މަޖިލިސް އުފެދިފައިވަނީ އެމްއެމްޕީއާރުސީގެ ވައްކަމުގެ ހަގީގަތް ހޯދައި، އެ ފައިސާ ހޯދުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިވާހަކަފުޚުތަކަށް ގޮންޖައްސަވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ މި ސަރުކާރަކަށް އަދި މަޖިލީހަށްވެސް އިތުރަށް ދެން ނުބެލޭނެ ކަމަށެވެ. ސަބަބަކީ އެ ޚިޔާނާތުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް އިސް މީހުންވެސް ބައިވެރިވެފައިވާތީ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތަކުގައި މިސަރުކާރަށް ނަތީޖާއެއް ނުނެރެވިގެން އުޅެނީ އެމްޑީޕީގެ ބައިވެރިވުން އެ ޚިޔާނާތުގައި އޮތުމުން ކަމަށާއި، ޕާޓީގެ ޢާއްމު މެމްބަރުންނަށް އޮޅުވާލިޔަސް މީ ޙަޤީޤަތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ރިޔާސަތުގައި އިންނަވާހާ ހިނދަކު، އެމްއެމްޕީއާރުސީގެ ހިޔާނާތް ނުފޮރުވާނެ ކަމަށާއި، އެކަމުގެ އެންމެ އަޑިހޯދާނެ ކަމަށެވެ.

ސަރުކާރާއި މަޖިލިސް އުފެދިފައިވަނީ އެކަމުގެ ހަގީގަތް ހޯދައި، އެ ފައިސާ ހޯދުމަށް ކަމަށާއި، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ބައެއް މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން