ކުރީގެ ރައީސް ނަޝީދު (ކ). އާއި ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް (ވ).
ކުރީގެ ރައީސް ނަޝީދު (ކ). އާއި ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް (ވ).
ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް ފިޔަވަޅު އަޅަން ނުކެރި އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުން އަމާން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ބިރު ދެއްކެވި ކަމަށް މަލީހް ވިދާޅުވުމުން އެމައްލަ އިމްތިޔާޒް ކޮމެޓީއަށް ފޮނުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ. މައްސަލަ ނިންމާ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ މަލީހް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށްފަހު ޖަވާބުދާރީވެފައި ނުވާތީ އޭނާ ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހަ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.

އަދި މިރިޕޯޓްގައި ވަނީ އިމްތިޔާޒު ގާނޫނުގެ ބައެއް މާއްދާތައް ފާހަގަކޮށް މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަށް ގަސްދުގައި ކަމެއް އޮޅުވާލުމަކީ ކުށެއް ކަމަށް ބުނެފަ އެވެ. އަދި އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 3،000 ރުފިޔާއާއި 10،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަސް ދުވަހާއި ހަމަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވެސް ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް މައްސަލަ ނިންމައި ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ވަނީ އޭނާއަށް ފިޔަވަޅެއް ނާޅައި މައްސަލަ ފައިލްކުރުމަށެވެ. އިމްތިޔާޒް ކޮމެޓީގެ ރިޕޯޓް ފާސް ކުރަން 48 މެމްބަރަކު މިއަދު ވަނީ ވޯޓު ދެއްވާފައެވެ.

އެ މައްސަލަ އާއި ގުޅިގެން ކޮމިޓީން ވަނީ މަލީހް އެ ކޮމިޓީއަށް ހާޒިރުކޮށް އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. ނަމަވެސް އޭނާ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވީ ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ)ގެ ދަށުން ކަމަށް ވިދާޅުވެ ކޮމިޓީން ކުރި ސުވާލުތަކަށް ޖަވާބުދާރީވެފައެއް ނުވެ އެވެ.

މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މަލީހު އިއްޔެ ވިދާޅުވީ އޭނާ އަތުވާހާ ހަކަތަ ރައީސް ނަޝީދުގެ ނެތް ކަމަށެވެ. އަދި އެމްޑީޕީ ބަލިކުުރުމުގެ ފޯމިއުލާ އޭނާގެ ޖީބުގައި އެބަައޮތް ކަމަށް މަލީހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން