އާރްޑީސީން ކުރިޔަށް ގެންދިޔަ މާލޭގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން
އާރްޑީސީން ކުރިޔަށް ގެންދިޔަ މާލޭގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮފީހުން ދެ ފަހަރެއްގެ މަތިން ވައްކަންކުރި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއްގެ އިތުރުން 31 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އާރްޑީސީ އޮފީސް ދެފަހަރެއްގެ މަތިން ފަޅާލައިގެން އެއްލައްކަތިންހާހަށް ވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން