ސަރުކާރު ކޯލިޝަންގެ ލީޑަރުން
ސަރުކާރު ކޯލިޝަންގެ ލީޑަރުން
ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރު ކޯލިޝަންގެ ސިޔާސީ ލީޑަރުންނަށް އަންގައިފިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ސޮއި ކުރަށްވައި ސިޔާސީ ޕާޓީތަކަށް ފޮނުވާފައިވާ ސިޓީގައި ވަނީ ސަރުކާރުން ޢައްޔަނުކޮށްފައިވާ ސިޔާސީ މަޤާމުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރަށް ގެންނަ ބަދަލުތަކުގައި ކުންފުނިތަކާއި، ކެބިނެޓަށް ވެސް ބަދަލުތަކެއް ގެންނާނެއެވެ.

ސަރުކާރަށް ބޮޑު ލޮޅުމެއް ގެންނަން ރައީސް ޞާލިޙް ނިންމަވާފައިވާއިރު މިކަމާ ގުޅޭ މާބޮޑު ތަފްސީލްތަކެއް އަދި ހާމަވެފައެއް ނުވެއެވެ. ނަމަވެސް މިކަމުގައި ސިޔާސީ ލީޑަރުންގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ޚަބަރު ލިބިފައިވެއެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ދެބައި ވެފައި ވާއިރު، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ނުކުރެވޭތީ ޢާއްމުންގެ ނުރުހުންވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި އިދިކޮޅު ކޯލިޝަންގެ ޕްރެޝަރު ބޮޑުވެ މިރޭ ވަނީ ރައީސް ޔާމީންވެސް ޖަލުން ގެޔަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން