މިނިސްޓަރ ޔުމްނާ މައުމޫން (މ)
މިނިސްޓަރ ޔުމްނާ މައުމޫން (މ)
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމުން ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ނުސީދާކޮށް ސަރުކާރަށް ފާޑުކިޔައިފިއެވެ.

މާފުށީ ޖަލުގައި ކޯވިޑް ފެތުރެމުންދާތީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ. ރައީސް ޔާމީން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރީ މަނީ ލޯންޑަރިންގެ ކުށް ސާބިތުގެ 5 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރުމުންނެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކުރުމާ ގުޅިގެން މިނިސްޓަރ ޔުމްނާ މިރޭ ވިދާޅުވީ، ރޯދަމަހެއްގެ ތެރޭގައި ރައީސް މައުމޫން ޖަލުބަންދުގައި ހުންނަވަނިކޮށް އާލާސްކަންފުޅާ އުޅުއްވާތީވެ ގެއަށް ބަދަލުކޮށްދޭން، ޢާއިލާގެ ފަރާތުން، އެތައް ފަހަރެއްގެ މަތީން އެދެމުން ދިޔަ ހަނދާންތައް މިއަދު އާވާ ކަމަށެވެ.

ރައީސް މައުމޫނަކީ ރައީސް ޔާމީނުގެ އެއްބަފާ ބޭބޭފުޅެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫން ޖަލުގައި ރަމަޟާން މަހެއް ހޭދަކުރެއްވިއިރު ގެއަށް ބަދަލު ކޮށްފައެއް ނުވެއެވެ. މި ސަރުކާރުން ރައީސް ޔާމިން ގެއަށް ބަދަލު ކުރެއްވީ ކިހާ ދުވަހަކަށް ކަމެއް ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ޕީޕީއެމުން ވެސް މިކަމާބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.



ކަރެކްޝަނަލް ސަރވިސުން މިރޭ ބުނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަށްވަމުން ގެންދެވި ރައީސް ޔާމިން ގެއަށް ބަދަލުކުރީ މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުން ދާތީ ކަމަށެވެ.

ކަރެކްޝަނުން އިއްޔެ ބުނީ، ޖަލުތަކުން 20 ގައިދީން ޕޮޒިޓިވް ވުމުގެ އިތުރުން، މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން 33 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން ޖަލުތަކުން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 53 އަށް އަރާފައެވެ. އަދި 127 މީހުން ކަރަންޓީނުކޮށްފައިވާކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން